twitterviber whatsapp telegramfacebookyoutube instagram
18th May 2024

އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓު ކޮމިޓީން ފާސްކޮށްފި

Nov 24, 2018

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމިޓީން ގެނައި ބަދަލާއެކު ފާސްކޮށްފި އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލާއެކު ބަޖެޓުގެ ޖުމްލަ ވަނީ 30.2 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

ބަޖެޓު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅީ އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލައިފަ އެވެ. އެކަމަކު، ކޮމިޓީން ދިރާސާ ކުރިއިރު، މިހާރު ލަފާކޮށްފައިވާ 23 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް، 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރި އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް، ކޮމިޓީ މަރުހަލާގައި ބަޖެޓަށް ބަދަލު ގެނައިއިރު ބައެއް އިދާރާތަކަށް ބަޖެޓު ބޮޑުކޮށްދީޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މަޝްރޫއުތަކެއް ހިމެނި އެވެ.

އަންނަ އަހަރު 23 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް، 300 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކޮމިޓީން ލަފާ ކުރިއިރު، ބަޖެޓްގައި އަލަށް ހިމެނި ހަރަދުތައް ހިނގާނީ އެ ފައިސާގެ ތެރެއިންނެވެ.

ބަޖެޓުގައި އަލަށް ހިމެނި ބައެއް ކަންކަން:

– ޕީއެސްއައިޕީގެ ބަޖެޓަށް 452 މިލިއަން ރުފިޔާ އިތުރު ކުރި

– ފޮރިން މިނިސްޓްރީގެ ބަޖެޓަށް 25 މިލިއަން ރުފިޔާ

– ޖުޑިޝަރީގެ ބަޖެޓަށް 37 މިލިއަން ރުފިޔާ. – ހަޔާ އެޑިއުކޭޝަންގެ ބަޖެޓަށް 50 މިލިއަން ރުފިޔާ

– ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް 31 މިލިއަން ރުފިޔާ. – ފެމިލީ ޕްރޮޓެކްޝަން އެޖެންސީ އަށް ދެ މިލިއަން ރުފިޔާ

– ރައީސުލްޖުމްހޫރިއްޔާ ކަންކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދޭން 1 މިލިއަން ރުފިޔާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އަހަރަށް ފާސް ކުރީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމުގައި ފާސް ކުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355