twitterviber whatsapp telegramfacebookyoutube instagram
7th June 2025

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިތާނު ކުރާ ކުދިންނަށް ފަރުވާދޭނެ ހާއްސަ ވޯޑެއް ހުޅުވައިފި

Nov 24, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިތާނު ކުރުމަށްފަހު ކުދިންނަށް ފަރުވާދޭނެ ހާއްސަ ވޯޑެއް ހުޅުވައިފި އެވެ.

ކޭއާރުއެޗްގައި ދެންމެ ބޭއްވި ހަފްލާއެއްގައި  މި ވޯޑް ހުޅުވައިދެއްވީ ހދ އެޓޯލް ހެލްތް ސާވިސަސްގެ ކުރީގެ މެނޭޖަރު އިބުރާހިމް ވަހީދެވެ.

ހިތާނުކުރާ ކުދިން އެޑްމިޓްކުރުމަށް ހާއްސަ ކުރި ވޯޑް ހުޅުވައިދެއްވަނީ–

ހިތާނު ކުރުމަށްފަހު ކުދިންގެ ހާލަތު ބެލުމުގެ ގޮތުން މި ވޯޑްގައި އެކުދިން އެޑްމިންޓްކުރާނެ އެވެ. ކުޑަކުދިންނާ ގުޅޭ ގޮތަށް ޒީނަތްތެރިކޮށްފައިވާ މިވޯޑްގައި އެއްފަހަރާ 5 ކުދިން އެޑްމިޓް ކުރެވޭނެ އެވެ.

ހިތާނުކުރާ ކުދިން އެޑްމިޓްކުރުމަށް ހުޅުވި ވޯޑް–

އެ ހޮސްޕިޓަލުގެ ހިތާނީ ކޭމްޕްގައި 127 ކުއްޖަކު ރަޖިސްޓްރީ ވެފައިވާއިރު ފުރަތަމަ ބެޗްގެ ކުދިން މިރޭގެ ވަގުތެއްގައި އެޑްމިންޓްކުރާނެ އެެވެ. އަދި ކުދިން ހިތާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއްވަ އެވެ.

ހިތާނުކުރާ ކުދިން އެޑްމިޓްކުރުމަށް ހުޅުވި ވޯޑް–

މިއީ މިގޮތަށް ޒީނަތްތެރިކޮށް، ހިތާނީ ކޭމްޕެއްގެ މިހޮސްޕިޓަލުގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355