twitterviber whatsapp telegramfacebookyoutube instagram
20th April 2024

އޭޑީކޭ ސިނާރޖީގެ މެޑިކަލް ކޭމްޕެއް ދަނގެތީގައި ކުރިއަށްދަނީ

Nov 24, 2018

އޭޑީކޭ ސިނާރޖީގެ ފަރާތުން އިސްނަގައިގެން މި މަހުގެ 23 އަދި 24 ނޮވެންބަރު ގެ ނިޔަލަށް އދ ދަނގެތީގައި މެޑިކަލް ކޭމްޕެއް ކުރިއަށް އެބަގެންދެއެވެ.

އޭޑީކޭ ގްރޫޕްގެ ރިކްރިއޭޝަން ކްލަބް އޭޑީކޭ ސިނާރޖީގެ ސީއެސްއާރްގެ ދަށުން ހިންގާ ކޭމްޕުގައި ހިލޭ ބަލިމީހުން ސްކީރީންކޮށް ކުރެވޭނެ ކަމަށް އޭޑީކޭއިން މައުލޫމާތު ދެއެވެ. އެގޮތުން މި ކޭމްޕުގައި އަންހެންނުންގެ ހާއްސަ ޑޮކްޓަރު ނުސްރާ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ނިޔާފް، ލޮލުގެ ހާއްސަ ޑޮކްޓަރު ޖުނައިދު، ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރު ދަންރާޖްގެ އިތުރުން މެޑިކަލް އޮފިސާރު ޑޮކްޓަރު ހިދާޔާ ހިމެނެއެވެ.

ކޭމްޕުގައި ބައިވެރިވެ މިއަދާހަމައަށް އދ. ދަނގެތީގެ އިތުރުންވެސް ކައިރި ރަށްރަށުންވެސް 100 އަށްވުރެ ގިނަ ފަރާތުން ކޭންޕްގައި ބައިވެރި ވެފައިވާކަމަށް އޭޑީކޭއިން މައުލޫމާތު ދެއެވެ.

ކޭންޕް ފެށުމުގެ ގޮތުން 22 ނޮވެންބަރ 2018 ވަނަ ދުވަހުގެ ރޭގަނޑު އދ. ދަނގެތީ ސްކޫލްގައި ކުޑަކުދިންނާއި ގުޅުންހުރި ސިއްހީ މައުލޫމާތު ސެޝަންނެއް ބެލެނިވެރިންނަށް ހާއްސަކޮށް ބާއްވާފައިވާއިރު މި ސެޝަންގައި ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރެއްކަމަށްވާ ޑރ. ނިޔާފް ބައިވެރިންނަށް މައުލޫމާތު ހިއްސާކުރެއްވިއެވެ.

މި ސެޝަންގައި ހެޔޮކާނާ، ނުކެއުމަށް ހައްލެއް، ބަލިން ދުރުވެ ތިބޭނެގޮތުގެ މައުލޫމާތުގެ އިތުރުން ސެޝަނަށް ވަޑައިގެންނެވި ބޭފުޅުންގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ކުރު ސެޝަނެއްވެސް ކުރިއަށް ގެންދެވުނެވެ.

މަލްޓި ސްޕެޝަލިޓީ މި ފަދަ ކޭންޕްތަކަކީ އޭޑީކޭ ސިނާރޖީގެ އިވެންޓް ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދެވޭ މެޑިކަލް ކޭންޕެކެވެ. އޭޑީކޭ ސިނާރޖީ ގެ މިކޭންޕްގެ ޕާރޓްނާރ އަކީ އޭޑީކޭ ހޮސްޕިޓަލެވެ. މި މެޑިކަލް ކޭންޕްގެ ކޯ ޕާރޓްނާއަކީ އައިވެއަރ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355