twitterviber whatsapp telegramfacebookyoutube instagram
24th April 2024

އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް މިއަހަރު ކުޅުދުއްފުށީގަ

Nov 24, 2018

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ތައާރަފުކޮށްފައިވާ “އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް” ޕްރޮގްރާމުގެ ދަށުން މިއަހަރު މިހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާ ކުޅުދުއްފުށީގައި އެވެ. އެގޮތުން މިޕްރޮގުރާމުގެ ހަރަކާތްތައް އަންނަ 12 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގުމަށް ޕެންޝަން އޮފީހުން އަންނަނީ ތައްޔާރުވަމުންނެވެ.

މިޕްރޮގްރާމަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީި މީހުންގެ ދުވަހާއި ގުޅުވައިގެން، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށާއި، އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދީ، މިނިވަންކަމާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް މަސައްކަތް ކުރުމަށް ހިތްވަރުދީ އެހީތެރިވުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިސްރަށްވެހީންނާ ބައްދަލުކޮށް، ޕެންޝަން އޮފީހުން އެފަރާތްތަކަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަމަށް މައްސައްކަތް ކުރުމުގެ މަޤްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން މިއަހަރު ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ރަށުގައި ދިރިއުޅޭ އިސްރަށްވެހިންނަށް އުފާވެރި މާހައުލެއްގައި ދުވަސްވީ ރަހްމަތްތެރިންނާއި ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަންމަތީ ދެމިތިބުމަށް ކުރެވެން ހުރި ކަންކަމާއި ، މުޖުތަމައުގައި ހަރަކާތްތެރިވެ އުޅުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި އަދި މިކަންކަމާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ޕްރޮގްރާމް ކުރިޔަށްގެންދާ ސަރަހައްދުގައި ޕެންޝަން އޮފީހުގެ ޚާއްސް ޑެސްކެއް ބަހައްޓައި ޕެންޝަން އޮފީހުން އިސްރަށްވެހިންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

“އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް” ޕްރޮގްރާމް ފުރަތަމަ ފަހަރަށް ބާއްވާފައިވަނީ މިދިޔަ އަހަރު އައްޑު އަތޮޅުގެ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ސ.ގަމުގެ އީކުއޭޓަރ ވިލެޖުގައެވެ. މިޕްރޮގްރާމަށް އައްޑޫ ސިޓީީގެ އިސްރަށްވެހިންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބިފައިވާކަމަށް ޕެޝަން އޮފީހުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355