twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޔުސީމާސް ގައުމީ މުބާރާތުގެ ބޭސިކް ކެޓަގަރީން ކުޅުދުއްފުށީ ދަރިވަރަކު އެއްވަނަ ހޯދައިފި

Nov 25, 2018

ޔުނިވާސަލް ކޮންސެޕްޓް އޮފް މެންޓަލް އެރިތަމެޓިކްސް ސިސްޓަމް ” (ޔޫސީމާސް) އިން ކުރިއަށްގެންދިޔަ ނޭޝަނަލް ކޮންޕެޓިޝަނުން ކުޅުދުއްފުށީ ޔޫސީމާސްގެ ދަރިވަރަކު ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ޔޫސީމާސްގެ ގޮފިތަކުން ދަރިވަރުން ބައިވެރިވެގެން ކުރިއަށްދިޔަ މިމުބާރާތުގެ ބޭސިކް ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ ކުޅުދުއްފުށީ ޔޫސީމާސްގެ ހުމައިދާން މުހައްމަދު ނައީމެވެ.

ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުގައި މިމަހު 21-23 އަށް ކުރިއަށްގެންދިޔަ މިމުބާރާތުގައި ޖުމްލަ ފަސް ކެޓަގަރީއެއްގައި ކުޅުދުއްފުށީ ޔޫސީމާސްގެ ދަރިވަރުން ވާދަކޮށްފައިވެ އެވެ.

އެއީ ބޭސިކް ކެޓަގަރީގެ އިތުރުން އިލެމެންޓްރީ، އިންޓަރ މީޑިއޭޓް އޭ، އިންޓަރ މީޑިއޭޓް ބީ، އަދި ހަޔާރ ކެޓަގަރީ އެވެ. މި ކެޓަގަރީތަކުގައި ވާދަކޮށްގެން ހަތަރު ދަރިވަރަކުން ވަނީ ޑިސްޓިންގްޝަން ހޯދާފަ އެވެ.

ޔޫސީމާސް ގައުމީ މުބާރާތުން ކާމިޔާބީ ހޯދި ދަރިވަރުން ކުޅުދުއްފުށީގައި ހުންނަ ޔޫސީމާސްގެ މެނޭޖިންގ އިންސްޓްރަކްޓަރ އަހުމަދު އަބުދުﷲ އާއެކު–

މިއީ މި ކޮންޕެޓިޝަން ބާއްވާ 7 ވަނަ ފަހަރެވެ. މިމުބާރާތުގައި މިއަހަރު ކުޅުދުއްފުށީ ޔޫސީމާސް އިން 11 ދަރިވަރަކު ބައިވެރިވެފައިވެ އެވެ. މިއީ މިމުބާރާތުގައި ކުޅުދުއްފުށިން ބައިވެރިވި ތިންވަނަ ފަހަރުކަން ފާހަގަކުރެވެ އެވެ.

އަންނަ އަހަރަށް ޔޫސީމާސް ގުޅެން ބޭނުންވާ ދަރިވަރުންނަށް ވަނީ އެފުރުސަތު ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355