twitterviber whatsapp telegramfacebookyoutube instagram
29th July 2025

ހުއްދަ ނެތި ކުޅުދުއްފުށީ މަގުތަކުގައި ގަސް އިންދުމަކީ މަނާކަމެއް: ކައުންސިލް

Nov 26, 2018

ކުޅުދުއްފުށީ މަގުތަކުގައި ކައުންސިލްގެ ހުއްދަނެތި ގަސް އިންދުމަކީ މަނާކަމެއްކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ރަނގަޅު ފެންވަރަކަށް ހެދިފައިވާ މަގުތަކުގައި ގަސް އިންދުމަށް ހާއްސަކުރެވިފައިވާ ތަންތަނުގައި އެއްވެސް ބާވަތެއްގެ ގަސް އިންދަން ވާނީ އެކައުންސިލްގެ ހުއްދަ ލިބިގެން ކަމަށެވެ.

ހަމައެއާއެކު ރަށުގައި ނުހެދި ހުރި މަގުތަކުގައި އެއްވެސް ބާވަތެއްގެ ގަހެއް އިންދުމަކީވެސް މަނާކަމެއް ކަމަށެވެ. އެގޮތުން ޕޮޓާއި ހަންބުރި ފަދަ ތަކެތީގައި އިންދާފައި ހުންނަ ގަސްވެސް މަގުތަކުގައި ބެހެއްޓުމަކީ މަނާކަމެއް ކަމަށް އެކައުންސިލުން ނެރުނު އިއުލާނުގައިވެ އެވެ.

ހުއްދަ ނުހޯދައި ކުޅުދުއްފުށީ މަގުތަކުގައި ގަސް އިންދުން މަނާ މިކުރީ ތާރުއަޅައިގެން ހަދާފައިހުރި ބައެއް މަގުތަކުގައި ބައެއް އާންމު ފަރާތްތަކުން ހުއްދަ ހޯދުމަކާއި ނުލައި ގަސް އިންދަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި މަގުތަކަށް ގެއްލުންވާނެ ފަދަ ގަސްތައް އިންދަމުންދާ ދުވަސް ވަރެއްގައިކަން ފާހަގަކުރެވެ އެވެ.

އެގޮތުން ތާރުއަޅައިގެން ހަދާފައިހުރި މަގުތަކުގައި ގަސް އިންދުމަށް ހާއްސަކޮށްފައިވާ ތަންތަނުގައި ބިޔަކޮށް ހެދޭ ނިކަގަސް، ހިތިގަސް ފަދަ ގަސްތައް ދަނީ އިންދަމުންނެވެ. މިފަދަ ގަސްތަކުގެ ސަބަބުން މަގުތަކަށް ގެއްލުވާނެތީ ބައެއް ފަރާތްތަކުން މީސް މީޑިއާގައިވެސް ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355