twitterviber whatsapp telegramfacebookyoutube instagram
9th May 2024

ހދ. އަތޮޅު ޤުރުއާން މުބާރާތް 2011 ރޭ ފަށައިފި

Apr 15, 2011

އިބްރާހިމް ހަމީދު

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ ހދ. އަތޮޅު ގުރުއާން މުބާރާތް 2011 ރޭ ކުޅުދުއްފުށީގައި ފެށިއްޖެއެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލު ހޯލުގައި ކުރިޔަށްދާ މިމުބާރާތުގައި ޖުމްލަ 95 ކުދިން ވާދަކުރަން ރޭވިފައި ވަނީ ތިން އުމުރު ފުރާއަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށެވެ. މިގޮތުން ސޯޅައަހަރުން ދަށާއި ތޭރަ އަހަރުން ދަށުގެ ބައިތަކުގައި ކޮންމެ އުމުރު ފުރާއެއްގައިވެސް 27 ކުދިން ވާދަކުރާނެއެވެ. އަދި އެގާރަ އަހަރުން ދަށުގެ ބައިގައި 19 ކުދިން ވާދަކުރާއިރު ނުވަ އަހަރުންދަށުގައި 20 ކުދިންނާއި ހަތް އަހަރުން ދަށުގެ އުމުރު ފުރާގައި 02 ކުދިން ވާދަކުރާނެއެވެ. މިކުދިންގެ ތެރެއިން 80 ކުދިން ބަލައިގެން ކިޔަވާ ކެޓެގަރީގައި ވާދަކުރާއިރު ފޮތް ނުބަލާ ކިޔެވުމުގެ ކެޓެގަރީގައި 15 ކުދިން ވާދަކުރާނެއެވެ.

މިމުބާރާތުގައި ހދ. އަތޮޅުން ބައިވެރިވެފައި ވަނީ މަކުނުދޫ، ނައިވާދޫ، ނޮޅިވަރަމް، ކުރިނބީ، ހަނިމާދޫ، ވައިކަރަދޫ، ނޭކުރަންދޫ، އަދި ކުޅުދުއްފުށީގެ ތިންސްކޫލާއެކު ޖުމްލަ ދިހަސްކޫލުންނެވެ.

މިމުބާރާތަކީ ދިވެހިރާއްޖޭގެ ގައުމީ ގުރުއާން މުބާރާތަށް ކުދިން ހޯދުމަށް އިސްލާމިކް މިނިސްޓްރީން އަތޮޅު ކައުންސިލަށް ދިން ފުރުސަތެއްކަމަށާއި މުބާރާތުން ރަގަޅު ނަތީޖާ ހޯދާ ކުދިންނަށް ގައުމީ ގުރުއާން ކިޔެވުމުގެ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މުބާރާތުގައި އިސްފަނޑިޔާރެއްގެ ގޮތުން ހަރަކާތްތެރިވަނީ ގުރުއާނާބެހޭ މަރުކަޒުން އަލްއުސްތާޛް އަބްދުއްރަހުމާނު ޔޫނުސް އެވެ.

މިމުބާރާތް ކުރިޔަށްދާނީ އެޕްރީލް 14 އިން 16 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355