މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން އަންނަ ޑިސެމްބަރ 16 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ ކޯހަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްގެ ރައީސްކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސްޕޯރޓްސް ކައުންސިލަރގެ ނަމުގައި މަގާމެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
ހިލޭ ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މިކޯހުގެ ބައިވެރިންނަށް އެލަވެންސެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 3 ހަފްތާގެ މުއްދަތަށް ކުރިޔަށްގެންދާ މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑްވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގަ އެވެ. 198 ޖާގަ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 1 ފަރާތަކަށް މި ކޯހުގައި ފުރުސަތު ލިބޭނެކަމަށް މޯލްޑްވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ހާމަކުރެއެވެ.
މިކޯހަށް ސައުގުވެރިވާ އުމުރުން 16 އަހަރު ފުރިފައިވާ ބޭސިކް އެޑިއުކޭޝަން ފުރިހަމަކޮށްފައިވާ އަދި ބޭސިކް އިނގިރޭސި ބަހުން މުއާމަލާތުކުރަން އެނގޭ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލް އިދާރައަށް ނުވަތަ މޯލްޑްވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަށް ފޯމް ހުށައެޅުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން އެދިލައްވައެވެ.