twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކައުންސިލުން އެދުނު ތަރައްގީގެ ހުރިހާ މަޝްރޫއުއެއް ވާނީ ބަޖެޓްގައި ހިމަނާދީފަ: ގަފޫރު

Nov 27, 2018

2019 ވަނަ އަހަރު ކުޅުދުއްފުށީގައި ހިންގަން ކައުންސިލުން ބޭނުންވާ މަޝްރޫއުތަކަށްވާ ފައިސާ ބަޖެޓްގައި ހިމަނާދީފައިވާނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ކުޅުދުއްފުށީގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންތައްތައް ހިމަނާފައި ނެތުމުން ކައުންސިލުން ވަނީ އަންނަ އަހަރަށް ހުރި އެންމެ މުހިންމު މަޝްރޫއުތައް ބަޖެޓްގައި ހިމަނާދިނުމަށް ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ކުޅުދުއްފުށީގެ ދެ ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުންނާ ބައްދަލުކޮށް އެކަންތައްތައް ބަޖެޓްގައި ހިމަނާދިނުމަށް އެދިފަ އެވެ.

ބަޖެޓް ކޮމެޓީން ފާސްކުރުމަށް މިއަދު މަޖީލީހަށް ހުށަހެޅި ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ގަފޫރު ވިދާޅުވީ ޖުމްލަ ގޮތެއްގައި ކުޅުދުއްފުށީ ކައުންސިލުން ބޭނުންވި ހުރިހާކަމެއް ބަޖެޓްގައި ހިމަނާދީފައިވާނެ ކަމަށެވެ. އެގޮތުން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އާ ކުލާސް ރޫމާއި ކުޅުދުއްފުށީގެ މަގުތައް ހެދުމާއި އަދި އެރަށަށް ބޭނުންވާ އެހެނިހެން މަސައްކަތާ ގުޅުން ހުރި ގިނަ ކަންތައްތައް ބަޖެޓްގައި ހިމަނާދީފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

“ޖުމްލަ ގޮތެއްގައި ބުނާނަމަ ކުޅުދުއްފުށީ ކައުންސިލުން ބޭނުއްވި ހުރިހާކަމެއް އަޅުގަނޑުމެންވާނީ ބަޖެޓްގައި ހިމަނާ ދީފަ.” މެމްބަރު ގަފޫރު

އޭނާ ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށްގެންދާ ކަމަށާއި އިރާދަކުރެއްވިއްޔާ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލު ބަދަލުކުރާނެ ކަމަށެވެ. އަދި ހަމައެއާއެކު ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓަށް އިތުރުކޮށްދީފައިވާ ކަންތައްތައް އިތުރުކޮށްފައިހުންނާނީ ހަމައެކަނި ސަރުކާރު ނިސްބަތްވާ ފަރާތްތަކަށް އެކަނި ނޫން ކަމަށް ގަފޫރު ވިދާޅުވި އެވެ. އެފުރުސަތު އިދިކޮޅު ފަރާތްތަކަށްވެސް ފަހިކޮށްދީފައިވާނެ ކަމަށެވެ. ގަފޫރު ވިދާޅުވީ އަބަދުވެސް ބަލަނީ ގާނޫނީގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ހޯދައިދިނުމަށް ކަމަށާއި ދާއިރާގެ ތަރައްގީއަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ގަފޫރު ވިދާޅުވީ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާގެ ހިދުމަތް ލިބެން ޖެހޭނެ ކަމަށާއި އަދި ބަނދަރުގެ ހާލަތު ރަނގަޅުކުރެވެން ޖެހޭނެ ކަމަށެވެ. އެއްވެސް ރަށެއް ބަޖެޓްގައި ނުހިމަނަ ބާކީކޮށްފައިނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށް ބަނދަރުގެ މައްސަލަވެސް ހައްލުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355