twitterviber whatsapp telegramfacebookyoutube instagram
29th July 2025

ވިޔަފާރި ބަނދަރުން މުދާ ނެރޭ ވަގުތުތަކަށް ބަދަލު ގެންނަށް ނިންމައިފި

Nov 28, 2018

މާލެ ވިޔަފާރި ބަނދަރުން މުދާ ނެރޭ ވަގުތުތައް އިތުރުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް މުހައްމަދު ރާފިއު ވިދާޅުވީ މިއަދުން ފެށިގެން 13 ޖެނުއަރީއާ ހަމައަށް ފިޔާ އަލުވި ބިސް ފަދަ އަވަހަށް ހަލާކުވާ ތަކެތި 24 ގަޑިއިރު ނެރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

އަދި ކޮންޓެއިނަރގައި ހުންނަ މުދާ ކޮންމެ ދުވަހަކު ހަވީރު ތިނަކުން ހެނދުނު ހައެއް ޖަހަންދެން ނެރެވޭނެކަމަށްވެސް ރާދިއު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ ވިޔަފާރި ބަނދަރުން މުދާ ނެރޭ ވަގުތަށް ބަދަލު ގެނައީ ސްކޫލް ބަންދު ދުވަސްވަރަކަށްވެފައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން މިކަމަށް އެދެމުންދާތީކަމަށެވެ. އަދި ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް ތާޒާކަމާއެކު ފޯރުކޮށްދިނުމަކީވެސް މުދާ ނެރޭ ވަގުތަށް ބަދަލުގެނައި ސަބަބެއްކަމަށް ރާފިއު ވިދާޅުވިއެވެ.

މާލެ ވިޔަފާރި ބަނދަރުން މުދާ ނެރޭ ވަގުތުތަކަށް ބަދަލު ގެނައީ މިދިޔަ މާޗުމަހުގެ ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355