twitterviber whatsapp telegramfacebookyoutube instagram
21st September 2026

ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ނެޓްބޯޅަ ވައިޑީޕީ ޕްރޮގުރާމު މިއަހަރަށް ނިންމާލައިފި

Nov 29, 2018

ކުޑަ ކުދިންނަށް ނެޓްބޯޅަ ދަސްކޮށްދިނުމަށް ކުޅުދުއްފުށީގައި ހިންގި ވައިޑީޕީ ޕްރޮގުރާމް މި އަހަރަށް ނިންމާލައިފި އެވެ.

މި ޕުރޮގުރާމަކީ މި އަހަރު ޖޫން މަހު ކުޅުދުއްފުށީ ޔޫތް އެން ރިކްރިއޭޝަން ކުލަބާއި އެން ސްޕޯޓްސް އެކަޑަމީ ގުޅިގެން ކުރިއަށްގެންދިޔަ ގެންދިޔަ ޕުރޮގުރާމެކެވެ.

އުމުރުން 6 އަހަރާއި 16 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕުރޮގުރާމްގައި ކިޔަވާ ދެއްވާފައިވަނީ ދާއިރާގެ ތަޖުރިބާކާރު ކޯޗުނެވެ.

ޒޯން ސްޓޭޑިއަމްގައި ކުރިއަށްގެންދިޔަ މިޕްރޮގުރާމް ތެރޭގައި ނެޓްބޯޅައިގެން ބޭސިކް ސްކިލްތައް ވަނީ ކުދިންނަށް ކިޔަވައިދީފަ އެވެ. ޕްރޮގުރާމު މިއަހަރަށް ނިންމާލިއިރު ނެޓްބޯޅައިގެ ބޭސިކް ސްކިލްތައް ކުދިންނަށް ދަސްވެ، ވަރަށް ބޮޑުކުރި އެރުމެއް ލިބިފައިވާކަން ފާހަގަކުރެވެ އެވެ.

މި ޕުރޮގުރާމް ނިންމާލުމުގެ ގޮތުން މި ތަމްރީން ޕުރޮގުރާމްގައި ބައިވެރިވި ކުދިންގެ މެދުގައި ވަނީ މެޗްތަކެއް ކުޅެވިފައެވެ. އަދި ކޮންމެ ކުއްޖަކަވެސް ވަނީ ޓްރޮފީއެއް ދީފަ އެވެ. ޓްރޮފީ ހަވާލުކޮށްދެއްވީ ގައުމީ ނެޓްބޯލް ކުޅުންތެރިޔާ ރާޝިދާ މޫސާ އެވެ. މި ކަން އިންތިޒާމް ކުރި ފަރާތުން ހާމަ ކުރާގޮތުގައި އަންނަ އަހަރުވެސް މި ޕުރޮގުރާމް ކުރިއަށްގެންދާނެކަމަށެވެ.

އެން ސްޕޯޓްސްއަކީ މާލެ އާއި އަތޮޅުތެރޭގައި ނެޓްބޯޅަ ދަސްކޮށްދީ ކުޅިވަރާއި ފިޓްނަސް ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ އެކަޑަމީ އެއްކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293