twitterviber whatsapp telegramfacebookyoutube instagram
16th August 2026

ހދ އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރަކު ފުލުހުން ހޯދަނީ

Nov 29, 2018

ހދ އަތޮޅު ކައުންސިލްގެ ފުރަތަމަ ދައުރުގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހުސެއިން ހޯދަން ފުލުހުން އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި އަމުރާއި ގުޅިގެން ހޯދަމުންދަނީ ހދ. ކުމުންދޫ / ވީނަސް، ޒަކަރިއްޔާ ޙަސަން (34އ) އެވެ. އޭނާ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 2 ވަނަ ދުވަހުގެ 10:05 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355