ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާކަރީ ހައުސް ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗުގައި މާކަރީ ހައުސްގެ ޓީމް ޗެމްޕިއަންކަން ހޯދީ މާރސް ހައުސް އާ ބައްދަލުކޮށް 4 ލަނޑު 2 ލަޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް އަދި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާކަރީ ހައުސްގެ ޖޯޒީ ނަންބަރު 7 އަހުމަދު އަބުދުﷲ ނަސީރުއެވެ.
މިމަހުގެ 11 އިން 15 އަށް ކުޅެވުނު މި މުބާރާތުގެ ރަނަރ އަޕް ޓީމަކީ، މާރސް ހައުސް އެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ވީނަސް ހައުސްގެ ފުޓް ފޯޅަ ޓީމެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހައުސްތަކުގެ މެދުގައި މިފަހަރު ކުޅެވުނު މުބާރާތުގައި އެންމެ މޮޅު ހަތް ކުޅުންތެރިން ހޮވުންވެސް އޮތެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު 7 ކުޅުން ތެރިންނަށް ހޮވިފައިވަނީ މާރސް ހައުސްގެ ޖޯޒީ ނަންބަރ 17 އަރުޝަދު ހަސަން، ޕްލޫޓޯ ހައުސް ގެ ޖޯޒީ ނަންބަރ 7 އަޖުވަދު ހަސަން، މާރކަރީ ހައުސްގެ ޖޯޒީ ނަންބަރ 8 ޒިނާން ހަސަން، މާކަރީ ހައުސްގެ ޖޯޒީ ނަންބަރ 21 ހުސައިން މުހައްމަދު، މާކަރީ ހައުސްގެ ޖޯޒީ ނަންބަރ 7 އަހުމަދު އަބްދުﷲ ނަސީރު އަދި މާކަރީ ހައުސްގެ ޖޯޒީ ނަންބަރ 18 ހުސައިން އަލީ އެވެ.
މުބާރާތް ނިންމުމުގެ ގޮތުން ގައުމީ ދިދަ ތިރިކޮށް ދެއްވީ މެޗްގެ ޝަރަފުވެރި މެހެމާން އެސްޓީއޯ ކުޅުދުއްފުށީ ބުރާންޗްގެ މެނޭޖަރ އިބްރާހިމް ރަޝީދު އެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދިދަ އެ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދު ތިރިކޮށްދެއްވިއިރު ހައުސް ތަކުގެ ދިދަ ތިރިކޮށްދެއްވީ އެހައުސް ތަކުގެ ކެޕްޓަނުންނެވެ.
މިއަހަރުގެ މުބާރާތް އިންތިޒާމް ކުރުމުގައި އެސްކޫލަށް އެހީތެރިވި ކުޅުދުއްފުށީ ޒިގްޒެގް ފޮރ ޔޫތު ލިންކޭޖަށް ވަނީ ހަނދާނީ ފިލައެއް ހަދިޔާކޮށްފައެވެ.