twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރައީސް އޮފީހުން ޕުލާސްޓިކް ފުޅިއާއި ކޮތަޅު ބޭނުންކުރުން ހުއްޓާލައިފި

Dec 2, 2018

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ދިވެހިން ބަރޯސާވެފައިވަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން މަދު ކުރުމަށް ފެށި ހަރަކާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ ރައީސް އޮފީހުގައި އެފަދަ ހަރަކާތެއް ފެށިގެން ދިއުމަކީ ތިމާވެށި ހިމާޔަތް ކުރުމާއި ތިމާވެށި ރައްކާތެރި ކުރުމަށް އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގެ ފަޅުތަކާއި ގިރިތަކަކީ ދިވެހިންގެ އިޤްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ސޯލިޙް ވިދާޅުވީ ދުނިޔޭގެ ފަރުތަކުގެ ތިން ޕަސެންޓު އޮތީ ރާއްޖޭގައި ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު އެއްސިނާއަތް ކަމަސްވާ ފަތުރުވެރިކަމާއި މަސްވެރިކަން ބަރޯސާވެފައިވަނީ ގުދުރަތީ ވަސީލަތްތަކަށެވެ. ނަމަވެސް ކަނޑުތަކާއި ފަރުތަކާއި މެދު ވަނީ ވަރަށް ފަރުވާ ކުޑަކޮށްފައި ކަމަށް އަދި ކަޑުގައިވާ ދިރުމަށް ދެވޭ ގެއްލުމަކީ ކަނޑަށް އަޅާކުނި ގިނަވުންކަމަށް ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކަނޑަށް އެޅޭ ކުނީގެ ތެރެއިން އެންމެ ގިނައީ އެކި ބާވަތުގެ ޕްލާސްޓިކް ކަމަށެވެ. ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ޖަޒީރާވަންތައް ޤުދުރަތީ ވަސީލަތްތަކަކީ ދިވެހިންގެ ދިރުން ކަމަށާއި ނަމަވެސް ޕްލާސްޓިކް ކުނީގެ ނޭދެވޭ އަސަރުތައް ރާއްޖެއަށްވެސް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުފައި ވަނީ ވިދާޅުވެފައެވެ.

ރައިސުލްޖުމުހުރިޔާ ވިދާޅުވީ މިކަމަށް އޮތްހައްލަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުން ކަމަށެވެ. އިސްރާފު ނުކުރުމާއި ވަސީލަތްތަށް ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކުރުމަށެވެ. އަދި އުކާލާ އަވަހަށް ފަނާނުވާ ޕްލާސްޓިކް މަދުކުރުމަށް ވެސް ރައީސް ސޯލިޙް ވިދާޅުވިއެވެ.

އުއްމީދަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން މަދުކުރުން އިފުތިތާހުކޮށްދެއްވުމުގެ ގޮތުން މިހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅި ހަދިޔާކުރައްވާފައެވެ. އެކަމުގެ ރަމްޒެއްގެ ގޮތުން މި ރަސްމިއްޔާތުގައި ވަނީ ރައީސް އޮފީހުގެ ހިދުމަތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ އަދި މިހާރުވެސް މަސައްކަތުގައި ދެމިހުންނެވި މުވައްޒަފުކަމަށްވާ ރައީސް އޮފީހުގެ ޑިރެކްޓަރ އިބްރާހިމް އަހުމަދު ދީދީއަށް ބިއްލޫރިފުޅިއެއް ހަދިޔާކޮށްފައެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް އޮފީހުގެ މުވައްޒަފުންގެ ކެފޭއަށްވެސް ބިއްލޫރި ފުޅިއެއް ހަދިޔާ ކުރައްވާފައެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް އޮތެންޓިކް ކްރާފްފްޓްސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅުތަކެއްވެސް ހަދިޔާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355