twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނެއްލައިދޫ ރައްޔިތުން އެއްތަންކޮށްލި މަސްރޭހާއި، ބޮޑު ބާބަކިއު !

Dec 3, 2018

އަހަރުގެ ބޮޑު ބަންދުގެ ތެރޭގައި އެކި ރަށް ރަށުގައި ފޯރިއާއެކު ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެކި ކަހަލަ މުބާރާތްތަކާއި ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައިވެސް ދަނީ ކުޅިވަރު މުބާރަތްތައް ހިންގަމުންނެވެ.

އެހެންނަމަވެސް ނެއްލައިދޫގައި ރައްޔިތުންގެ އެކުވެރިކަން ދައްކާދީފައި މިވަނީ މަސްރޭހާ، ބޮޑު ބާބަކިއު އަކުންނެވެ.

ރަށުގެ ޒުވާނުންތަކެއް އިސްނައިގެން ކުރިއަށް ގެންދިޔަ އިވެންޓް އިންތިޒާމް ކުރުމުގައި އިސްކޮށްހުރި އަލީ އިމްރާމް ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މިކަން އިންތިޒާމް ކުރުމުގެ މަގުސަދަކީ ހުރިހާ ރައްޔިތުންއެކީ ވަގުތު ހޭދަކޮށް އެއްބައިވަންތަކަމާއެކު އެއްވެލުން ކަމަށެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު މަސްރޭސް ބާއްވާފައިވަނީ ޖުމްލަ 11 ޓީމާއެކު އެވެ. މި ރޭހުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާފައިވާއިރު އެއްވަނައަށް ދިޔަ ޓީމަށާއި އެންމެ ބޮޑު މަސް ބޭނި ފަރާތައްވަނީ ޓްރޮފީ ދީފައިވާއިރު ދެވަނަ އަދި ތިން ވަނައަށް ވަނީ އިނާމް ހަވާލުކޮށްފަ އެވެ.

ނެއްލައިދޫގައި ބޭއްވި ބޮޑު ބާބަކިއުގެ ތެރެއިން–

މުޅި ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވި ބާބަކިއު ބާއްވާފައިވަނީ ހުކުރު ދުވަހު ރޭ ބަނދަރު ސަރަހައްދުގަ އެވެ. ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް އެކަމަށް ލިބުންކަން ފާހަގަ ކުރަމުން އިމްރާން ބުނީ ބާބަކިއު ތައްޔާރު ކުރުމަށްވެސް ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށާއި ބާބަކިއުގެ ތެރެއިން ލަކީޑްރޯއެއްވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

ނެއްލައިދޫގައި ބޭއްވި ބޮޑު ބާބަކިއުގެ ތެރެއިން–

އެގޮތުން ރަށުގެ ހުރިހާ ގޭބީސީތަކުން ކޫޕަނެެއް ފުރުމަށްފަހު ބާބަކިއުގެ ތެރެއިން ގުރުއަތުން 5 ގެއެއް ހޮވާފައިވާނެ ކަމަށާއި އެ ގެތަކަށް 3500 ރުފިޔާގެ އަގުހުރި އިނާމުތައް ދެވިފައިވާނެ ކަމަށް އިމްރާން ބުންޏެވެ.

ނެއްލައިދޫގައި ބޭއްވި ބޮޑު ބާބަކިއުގައި އުޅުނު ޒުވާނުންތަކެއް–

ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ކަހަލަ ހަރަކާތްތައް ރޭވުމަށް ނިންމާފައިވާނެ ކަމަށާއި މި އަހަރުގެ މި އިވެންޓަށް ސްޕޮންސަރ ދިން ފަރާތްތަކަށް އިވެންޓް އިންތިޒާމް ކުރި ފަރާތްތަކަށް އިމްރާން ވަނީ ޝުކުރުއަދާކޮށްފަ އެވެ. މީގެ އިތުރުން އިވެންޓަށް ދިން އެއްބާރުލުމަށްޓަކާ ނެއްލައިދޫ ސްކޫލް، ފެނަކަ އަދި ކައުންސިލަށްވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355