twitterviber whatsapp telegramfacebookyoutube instagram
12th December 2025

ހދ ކުމުންދޫ ނެރުބައްތި ޖެހުމުގެ މަސައްކަތުގައި އުޅުނު ދޯންޏެއް ބަންޑުންޖަހާލާ އެކަކު ސީރިއަސް ހާލަތެއްގައި

Apr 16, 2011

ހދ ކުމުންދޫގައި އެރަށު ނެރުގެ ބައްތި ޖެހުމުގެ މަސައްކަތުގައި އުޅުނު ދޯންޏެއް ބަންޑުންޖަހާލާ އެދޯނީގައި އެވަގުތު އިން މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

މިއަދު ހަވީރު ހިނގި މިހާދިސާގައި އަނިޔާވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނީ ކުމުންދޫ މަލާޒު އުމުރުން 53 އަހަރުގެ ޢަބްދުލްޤައްޔޫމް ޢަބްދުލްކަރީމް އެވެ.

ކުމުންދޫ ނެރުގެ ބައްތިޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެ ދޯނި ބަންޑުން ޖަހާލާފައިވަނީ ކަނޑު ގަދަވެ ދޯނިތެރެއަށް ރާޅު އެރުމުގެ ސަބަބުންނެވެ. އެވަގުތު އެދޯނީގައި އިތުރު މީހުންވެސް ތިބި ކަމަށާއި އެހެންނަމަވެސް އެހެން މީހަކަށް މާސީރިއަސް ހާނިއްކަ އެއްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355