twitterviber whatsapp telegramfacebookyoutube instagram
28th March 2024

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ދުވާފަރަށް

Dec 3, 2018

100 އެމްބީޕީއެސް އާއިހަމައަށް ހަލުވި ސްޕީޑުތަކާއި އެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ރ. ދުވާފަރަށް ތައާރަފްކޮށްފިއެވެ.

ދުވާފަރަށް ފިކްސްޑް ބްރޯޑްބޭންޑް ތައާރަފް ކުުރުމާއި ގުޅިގެން އެކުންފުނިން ވަނީ 31 ޑިސެމްބަރ 2018 ގެ ކުރިން ސުޕަރނެޓް ހިޔާރު ކުރަށްވާ ދުވާފަރުގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރއެއް ތައާރަފް ކޮށްފައެވެ.

ހަމައެހެންމެ ދުވާފަރު ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫ އިން ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.

ސުޕަރނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.

ދުވާފަރުގައި ސުޕަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރަކީ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް އެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://www.ooredoo.mv/ooredoo-supernet/ އަށް ޒިޔާރަތްކުރެއްވުމަށް އުރީދޫއިން އެދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355