twitterviber whatsapp telegramfacebookyoutube instagram
7th June 2025

މެމްބަރު ގަފޫރު ހަނިމާދޫ ދާއިރާއަށް ވާދަކުރައްވަން ނިންމައިފި

Dec 3, 2018

ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރު އަބުދުލްގަފޫރު މޫސާ އަންނަ މާރޗުމަހު ބާއްވާ މަޖިލިސް އިންތިހާބުގައި ހަނިމާދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމައިފި އެވެ.

އެމްޕީ ގަފޫރު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އަންނަ މަޖިލިސް އިންތިހާބުގައި ހަނިމާދޫ ދާއިރާއަށް ވާދަކުރުމަށް ނިންމާފައިވާކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި 10 އަހަރު ވަންދެން ފުރުއްވާފައިވާ ގަފޫރަކީ ހދ ފިނޭއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވެ އަހަރުތަކުގައި މަޖިލިސް ތެރެއިން ދާއިރާއަށް މަޝްރޫއުތައް ގެނައުމަށް މަސައްކަތްތަކެއް ކުރައްވާފަ އެވެ.

2019 ge majlis inthihaab gai Hanimaadhoo dhaairayah vaadhakurumah Alhugandu Ninmaifin.

— Abdul Gafoor (@gafoor2656) December 3, 2018

ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލުކުރެއްވުމަށް ގަފޫރުގެ މަޖިލީހުގައި ހޭދަކުރެއްވި ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އޭނާވަނީ ރަށުގެ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވައި ގިނަ އެހީތެރިކަމެއްވެސް ފޯރުކޮށްދެއްވާފަ އެވެ.

ނަމަވެސް ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެމްޕީ ގަފޫރު ކުޅުދުއްފުއްޓަށް ވަޑައިގަނެފައިވަނީ އެންމެ ދެ ފަހަރު އެވެ. އެކަމުގެ ސަބަބުން ކުޅުދުއްފުށިން އޭނާއަށް ކުރިން އޮތް ތާއިދު ވަނީ ގެއްލިފަ އެވެ.

ގަފޫރު ހަނިމާދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމާފައިމިވާ ދަނޑިވަޅަކީ ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑިތައް ކުޅުދުއްފުށީގެ ދަރިން އިންތިހާބުކުރުމަށް ގޮވާލައި މީސް މީޑިއާގައި ކެމްޕެއިން ކުރައްވަމުންގެންދަވާ ދުވަސްވަރެއްގައިކަންވެސް ފާހަގަކުރެވެ އެވެ.

ހަނިމާދޫ ހިމެނޭ ދާއިރާގައި ހަނިމާދޫގެ އިތުރުން ފިނޭ، ނައިވާދޫ އަދި ހިރިމަރަދޫ ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355