twitterviber whatsapp telegramfacebookyoutube instagram
16th August 2026

65 އަހަރުވިއަސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ނިންމައިފި

Dec 3, 2018

އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ގާނޫނު އަސާސީ ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވައިފިއެވެ.

މަޖިލީހުގެ އިއްތިފާގުން ގާނޫނު އަސާސީއަށް ގެނައި މި އިސްލާހު ރައީސް ސާލިހު ތަސްދީގު ކޮށްދެއްވާފައިވަނީ މިއަދުއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާ މީހަކީ އުމުރުން ތިރީސް ފަސް އަހަރުގެ މީހަކަށް ވާންޖެހޭނެކަމެށެވެ. އެ މަގާމަށް ކުރިމަތިލެވޭނެ އެންމެ މަތީ އުމުރެއް ކަނޑައަޅާފައެނުވެއެވެ.

އެހެންނަމަވެސް 2015 އަހަރުގެ ޖޫން މަހުގެ 24 ވަނަދުވަހު މަޖިލީހުގެ 78 މެންބަރުގެ ތާއީދާއެކު ގާނޫނު އަސާސީއަށް ބަދަލުގެނެސް ވެރިކަމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރަކީ 65 އަހަރުކަމަށް ވަނީ ކަނޑައަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355