twitterviber whatsapp telegramfacebookyoutube instagram
29th July 2025

ވެރީންނަށް މަރުހަބާ ދެންނެވުމަށް ދަރިވަރުން ނުނެރުމަށް އެޑިޔުކޭޝަން މިނިސްޓަރު އަންގަވައިފި

Dec 3, 2018

ސަރުކާރުގެ ވެރީންނާއި އިއްޒަތްތެރީން ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކާ ގުޅިގެން މަރުހަބާ ދެންނެވުމަށް ސްކޫލު ތަކުގެ ދަރިވަރުން ނުނެރުމަށް އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އަންގަވައިފި އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ނެރުނު ސާކިޔުލާގައި ބުނެފައި ވަނީ ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް އުނދަގޫތައް ކުރިމަތިވެ ދަރިވަރުންނާއި ބެލެނިވެރީންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމެއް ކަމަށެވެ.

އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އަންގާކަމަށް މިނިސްޓަރުގެ އެންގެވުމުގައި ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ އެކި ފެންވަރުގެ ވެރީން ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ސްކޫލު ކުދީން ނެރެ ބަނދަރު މަތީގައި ބޭތިއްބުމަކީ ވަރަށް ކުރިން ފެށިގެން ސްކޫލުތަކުން ކުރަމުން އަންނަކަމެކެވެ. އަދި ބައެއް ބެލެނިވެރިން ވަރަށް ނުރުހޭ މައްސަލައެވެސްމެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355