ކައުންސިލުތަކުން ނަގާފައިވާ ބާރުތައް އެ ކައުސިލްތަކަށް އަނބުރާ ދިނުމަށްޓަކައި ކުރައްވަން ހުރި މަސައްކަތްތައް ވީހާވެސް އަވަހަކަށް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އަނބުރާ ދިނުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކުން އެކަން ކުރެއްވޭނެ ގޮތްތަކެއް ކަނޑައަޅާ އެކަންކަން ކުރެވޭނެ މަރުހަލާތަކާ ބެހޭ ގޮތުންވެސް މަސްވަރާ ކުރެއްވި ކަމުގައެވެ.
ކައުންސިލްތަނަށް ލިބިދީފައިވާ ބާރުތައް އަތުލައި އެ ބާރުތައް ސަރުކާރުގެ އެހެން ވުޒާރާތަކާއި ހަވާލުކޮށްފައިވަނީ ނިމިދިޔަ ސަރުކާރުގެ ވެރިކަމުގައެވެ.
ކައުންސިލްތަކަށް އަލުން އަނބުރާ ބާރުތައް ދިނުމަކީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.