twitterviber whatsapp telegramfacebookyoutube instagram
20th April 2024

ލަބީބު ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރަން ނިންމާ އެކަން ހާމަކޮށްފި

Dec 3, 2018

އެމްޑީޕީ ކުޅުދުއްފުށީ އަޒުމް ގޮފީގެ ރައީސް ލަބީބު މޫސާ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކުރިމަތިލުމަށް ނިންމާ އެކަން މިއަދު އިއުލާންކޮށްފި އެވެ.

މީސް މީޑިއާ މެދުވެރިކޮށް އޭނާ ވަނީ އަންނަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރާނެކަން އިއުލާންކޮށްފަ އެވެ.

ކޭއޯގައި ވާހަކަދައްކަވަމުން ލަބީބު ވިދާޅުވީ އަންނަ މަޖިލިސް އިންތިހާބުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ހޯދުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ސަރަހައްދީ ބަންދަރުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ލަބީބަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާއެކު އިސްލާހީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ.

އިސްލާހީ ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އޭނާ އުޅުއްވީ ރާއްޖޭއިން ބޭރުގަ އެވެ. ނަމަވެސް ފަހުން ރާއްޖެ އައިސް އެކަމުގައި އުޅުނެވެ. އަދި ކުޅުދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތައް ހިންގުމުގައި އިސް ރޯލެއް އަދާކުރި ފަރާތްތަކެވެ.

ލަބީބުގެ އިތުރު ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކޮށްފައިވަނީ ކުޅުދުއްފުށީ، ވައްތީނީގެ/ އަބުދުއްރަޝީދު އާދަމް، އަދި ޕަޗީ، މުހައްމަދު އަބުދުއްރަހުމާނެ އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން މިއަދާ ހަމައަށް ހާމަކޮށްފައިވަނީ ހދ އަތޮޅު ކައުންސިލުގެ ކުރީގެ އަހުމަދު އާތިފް އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355