twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންގެ ޝަކުވާތައް ހުށަހަޅަން ހުޅުވާލައިފި

Dec 3, 2018

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފުން އެފަދަ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ހާމަކުރިގޮތުގައި އެފަދަ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމަކުން ކަމަށެވެ. މި ކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ވަޒީފާއިން ވަކިކޮށް ނުވަތަ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހު ހާއްސަ ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ. މި ފޯމުގެ މަގްސަދަކީ އެފަދަ ފަރާތްތަކަށް އިންސާފު ހޯދައި ދިނުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ޝަކުވާ ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްސަނުން ލިބެން ހުންނާނެއެވެ.

ނުހައްގުން ވަޒީފާއިން ވަކިކޮށް ނުވަތަ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަައްމަދު ސާލިހު ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355