twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް، ނޭކުރަންދޫ ޑެކަގަން ކަޕް ފަށައިފި

Dec 4, 2018

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް، ނޭކުރަންދޫ ޑެކަގަން ކަޕް އިއްޔެ ފަށައިފި އެވެ.

ބައިލައްކަ ރުފިޔާއަށް ވުރެ އަގުބޮޑު މިމުބާރާތްތަކީ އެރަށުގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޑެކަގަން ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ އަގުބޮޑު މުބާރާތެކެވެ. މިމުބާރާތުގައި މިއަހަރު 8 ޓީމެއް ބައިވެރިވެފައިވެ އެވެ. އެ ޓީމްތަކަކީ ކުޅުދުއްފުށީ ހިރަފުސް، ކުމުންދޫ، ކުރިނބީ އެވެ. ނޭކުރަންދޫން ފަސް ޓީމެއް ނެރެ އެވެ. އެއީ އެކްސް ޒީރޯ، މާޒިން، ޓީމް ރުއްގަނޑު، ކުލަބު ސިވިކް އަދި ސެނޮން އެވެ.

މުބާރާތް ޝަރަފްވެރިކޮށްދެއްވާ ކުޅުންތެރިންނާ ސަލާމްކޮށްދެއްވީ މިމުބާރާތުގެ ދެ ސްޕޮންސަރުންކަމަށްވާ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރު އަލީ އަބުދުލްރަހްމާނު އާއި ޑައިރެކްޓް ލޮގިސްޓިކްގެ މެނޭޖިންގ ޑިރެކްޓަރު މުުހައްމަދު ރާއީ އެވެ.

މުބާރާތުގެ ފެށުމުގެ ގޮތުން އިއްޔެ ކުޅުނު މެޗުގައި ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ހިރަފުސް އާއި ކުލަބު ސިވިކް އެވެ. މިމެޗު 5-3 ލަނޑުގެ ތަފާތަކުން މެޗު ކާމިޔާބުކުރީ ކުލަބު ސިވިކް އެވެ.

ފުރަތަމަ ގޯލް ޖެހުނީ މެޗުގެ 12 ވަނަ މިނެޓްގައި ހިރަފުހުގެ ކުޅުންތެރިޔަކު ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލައާއެކު އެވެ. ކުލަބު ސިވިކްއަށް ގޯލުތައް ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ހުމެއިދު އާއި އާޔަތުﷲ އިބުރާހިމް، ހުސެއިން ޝަރީފް، އަބުދުﷲ ޖުނެއިދު އެވެ. ހިރަފުހަށް ދެ ގޯލް ޖަހާދީފައިވަނީ ފަތުހުﷲ އެވެ. އަދި ހިރަފުހަށް ލިބުނު ފެނަލްޓީއަކުން ފަރުހަތު ވަނީ ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.

ޑެކަގަން ކަޕްގައި އިއްޔެ ބައްދަލުކުރި މެޗުގެ ތެރެއިން–ފޮޓޯ: އައިވެލް

7 ރީނދޫ ކާޑު ފެނިގެންދިޔަ މިމެޗުގައި ކުލަބު ސިވްކް 5 ކާޑު ދައްކާފައިވެ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ކުލަބު ސިވިކްގެ އަބުދުﷲ ޖުނައިދެވެ. މިމުބާރާތުގައި މިއަދު ބައްދަލުކުރާނީ އެކްސް ޒީރޯ އާއި މާޒިން އެވެ.

މިއަހަރުގެ ޗެމްޕިއަން ޓީމަށް 35000ރ ދޭން ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލު މެޗު އޮންނަނީ މިމަހު 19 ވަނަ ދުވަހު ހަވީރު އެވެ.

ޑަކަގަން ސްޕޯޓްސް ކުލަބަކީ އެރަށުގެ ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކުލަބެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355