twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސާފު ރާއްޖެ އަހަރެންގެ ޒިންމާ: ރާއްޖޭގެ ބޮޑު ސަރަހައްދެއް ސާފުކޮށްފި

Dec 8, 2018

ރައިސުލްޖްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ފަރުދީ ޒިންމާ ނެގުމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް “ސާފު ރާއްޖެ އަހަރެންގެވެސް ޒިންމާ” ކެމްޕޭން ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ.

ރައީސް ސާލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ތިމާވެއްޓާއި ގުޅޭ ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާއިރު މި ކެމްޕެއިން އިފްތިތާޙް ކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވެށިން ލިބޭ މަންފާ ދެމެހެއްޓެނި ގޮތެއްގައި ލިބިގެންދާނީ ރާއްޖޭގެ ވެއްޓަކީ ކުނިން ސަލާމަތްވެފައިވާ ތަނަކަށް ހެދިގެންކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ ޒަމާނުއްސުރެ ސާފުތާހިރު ތަނެއްގެ ގޮތުގައި ފާހަގަކުރެވޭ ގައުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ކުރީގެ ރީތި އެ އާދަ އަލުން އަށަގެންނެވުމަށް އެޅޭ ފުރަތަމަ ފިޔަވަޅަކަށް މި ހަރަކާތް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވީ ކުންޏަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި މިކަމަށް ހައްލު ހޯއްދުމަށް ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގާއިމްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ އިޖުތިމާއީ ބޮޑު މައްސަލައަކަށް ކުނިވެފައިވާއިރު ތިމާވެށި ހިމާޔަތް ކުރުމަސް ކުދި ޖަޒީރާތަކުގެ ލީޑަރެއްގެ ގޮތުގައި ރާއްޖެއަށްދެމި އޮވެވޭނީ ސާފު ރާއްޖެއަކަށް އަދި ސާުވެއްޓަކަށް ރާއްޖެ ހަދައިގެން ކަމަށެވެ.

މާލޭގެ އިތުރުން މީހުން ދިރިއުޅޭ ގިނަ ރަށް ރަށުގައި އާންމުކޮށް މީހުން އެއްވެ އުޅޭ ސަރަހައްދުތަކުން މިއަދު ވަނީ ކުނިނަގާ ސާފުކޮށްފައެވެ.

އެގޮތުން ކުޅުދުއްފުށީ އާޓިފިސިއަލް ބީޗް ސަރައްދާއި ހިއްކި ބިން ވަނީ ސަރުކާރު އަދި ކުންފުނިތަކުގެ މުވައްޒަފުން ނިކުމެ ސާފުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355