twitterviber whatsapp telegramfacebookyoutube instagram
27th April 2024

އާބާދީގެ ބޮޑުބަޔަކަށް ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއް: ޓްރާންސްޕޯޓް މިނިސްޓަރ

Dec 8, 2018

ރާއްޖެއަކީ ކަނޑުގެ އިންސަތަ ބޮޑު ގައުމެއްކަމުން ސީޕްލޭންގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރުން މުހިންމުކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އޭވިއޭޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ އެކަން ކާމިޔާބުވާނެ ކަމަށެވެ.

އައިޝާ ވިދާޅުވީ އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށްޓަކާ ޑޮމެސްޓިކް އެއާޕޯޓްތައް ފައިދާވާ ވިޔަފާރިތަކަކަށް ބަދަލުކޮށް، ޑޮމެސްޓިކް އެއާޕޯޓްތަކަށް އިތުރު ފްލައިޓް ހޯދޭނެ ގޮތްތަކެއްވެސް ހޯދަންޖެހޭ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުން އަންނައިރު އެއާޕޯޓް އިތުރުކުރުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅާ އެއްގޮތަށް، އެ މުއްދަތުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރައްވާނެ ކަމަށްވެސް އައިޝާ ވަނީ ވިދާޅުވެފަ އެވެ. ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށްޓަކާ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ކިޔަވައިގެން ތިބި ގިނަ އަދަދެއްގެ މީހުން އޭވިއޭޝަން ދާއިރާ އަށް ބޭނުންވާނެ ކަމަށެވެ.

އެހެންކަމުން އަލަށް ތައާރަފުކުރަން ހަމަޖެހިފައިވާ އޭވިއޭޝަން ސްކޮލާޝިޕްތަކެއް ތައާރަފުކޮށް އެ ދާއިރާއިން ގިނަ ފަންނީ ޒުވާނުން ތަރައްގީކުރާނެކަަމަށް މިނިސްޓަރު އައިޝާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355