twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ޝަހުދީ އަނެއްކާވެސް ހަނިމާދޫ ދާއިރާއަށް ވާދަކުރަން ނިންމައިފި

Dec 10, 2018

މި ދައުރުގައި ވެސް ހަނިމާދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ފުރުއްވަމުން ގެންދަވާ ހުސެން ޝަހުދީ އަންނަ ރައްޔިތުން މަޖިލީހުގައި ވެސް  އެ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް ހާމަކުރައްވައިފިއެވެ.

އަންނަ މާރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަމަށް އެމްޕީ ޝަހުދީ ހާމަކުރައްވާފައިވަނީ ކުރި ޓުވީޓެއްގައެވެ.

2014 ވަނަ އަހަރު ޖޭޕީގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވުނު ޝަހުދީ 2016 ވަނަ އަހަރު ޕީޕީއެމް އަށް ސޮއި ކުރެއްވުމަށްފަހު އަނެއްކާވެސް އަލުން އަނބުރާ ޖޭޕީ އާއި ވަނީ ގުޅިވަޑައިގެންފައެވެ.

2019 vana aharu onna rayyithun ge Majilis inthikhaabu gai Hanimaadhoo Dhaira ah kurimathilaan ninmaifin.@VoiceOf12MPs pic.twitter.com/9yGTLEzA9z

— Hussain Shahudhee (@HaNaHiFi) December 8, 2018

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ދުރު ކުރުމަށް މިދިޔަ އަހަރު ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވުމާއި ގުޅިގެން ޝަހުދީ ޕީޕީއެމުން ވަކި ކުރި ކަމަށް ނިންމާ ޝަހުދީގެ ގޮނޑިވެސް ގެއްލުނު ކަމަށް ވެސް އޭރު ވަނީ ކަނޑައަޅާފައެވެ.

ހަނިމާދޫ ދާއިރާގައި ސަހުދީއާއި ވާދަކުރައްވާނެ ކަމަށް ހާމަކުރައްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރު އަބުދުލްގަފޫރު މޫސާ އެވެ. މެމްބަރު ގަފޫރު ވަނީ ވޭތުވެދިޔަ 10 އަހަރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ކަންކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355