twitterviber whatsapp telegramfacebookyoutube instagram
29th July 2025

ދަނޑުވެރިކަން ކުރުމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލަން ސަރުކާރުން ހުށަހަޅައިފި

Dec 10, 2018

ދަނޑުވެރިކަން ކުރުމަށް ރާއްޖެއަށް އެތެރެ ކުރާ ތަކެތި ޑިއުޓީ ކަނޑާލުމަށް އެކްސްޕޯޓް، އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި ބިލްގައި ދަނޑުވެރިކަން ކުރުމަށް އެތެރެ ކުރާ ތަކެތީގެ ތެރެއިން ދަނޑުވެރިކަމާ ބެހޭ ސިޔާސަތުތައް ކަނޑައަޅާ ފިޝަރީޒް މިނިސްޓްރީން އާންމުކޮށް ޝާއިއުކުރާ ތަކެތި ޑިއުޓީ ކަނޑާލަން ވަނީ ހުށަހަޅުއްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދަނޑުވެރިކަން ކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލަން ނިންމައި އެކަން 100 ދުވަހުގެ ތެރޭގައި ކުރުމަށް ވަނީ ހިމަނާފަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މި ބިލް ހުށަހެޅުއްވުމުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނޑުވެރިކަން ފަށައި، ފުޅާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ދަނޑުވެރިންކަން ކުރުމަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލަނީ

ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ އެންމެހައި ތަކެއްޗާއި ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް އަދި އެކްސްޕޯޓް ކުރުމަށް ފުރިހަމަ ކުރަން ޖެހޭ މިންގަނޑުތައް ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ތަކެތިން އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ކަމަށް ބިލްގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355