twitterviber whatsapp telegramfacebookyoutube instagram
20th April 2024

ށ އަތޮޅު ކައުންސިލުން އަހަރަކު ދެ މިލިއަނާއި ތިން މިލިއަން ރުފިޔާގެ އެހީ ކައުންސިލްތަކަށް ފޯރުކޮށްްދެން: އާރިފް

Dec 10, 2018

އަތޮޅު ކައުންސިލްގެ މާލިއްޔާއިން ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް ދެ މިލިއަނާއި ތިން މިލިއަން ރުފިޔާއާ ދެމެދު ށ އަތޮޅު ކައުންސިލްތަކަށް ހަރަދުކުރާކަމަށް އެއަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާރިފް ވިދާޅުވެއްޖެ އެވެ.

އަމިއްލަ ކުންފުންޏަކުން ށ ގޮއިދޫގައި ހަދައި ސްލިޕްވޭ ހެދުމުގެ މަޝްރޫއު އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އާރިފް ވިދާޅުވީ އެހީތެރިކަމަކަށް އެދުނު ށ އަތޮޅުގެ ކޮންމެ ކައުންސިލަކަށްވެސް ށ އަތޮޅު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެއްމުންގެންދަވާނެކަމަށެވެ.

އާރިފް ވިދާޅުވީ އަތޮޅު ކައުންސިލަށްވެސް އޮންނަ ގޮންޖެހުމަކީ ކައުންސިލްތަކުން އެދޭ މިންވަރަށް ފައިސާ ހަރަދުކުރުމުގައި އޮތް ގޮންޖެހުން ކަމަށެވެ.

ށ އަތޮޅު ކައުންސިލަކީ ރާއްޖޭގެ އެހެން އަތޮޅު ކައުންސިލްތަކާއި ހިލާފަށް އެކައުންސިލުން އަމިއްލައަށް އާންމުދަނީ އުފައްދައިގެން އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ އިޖްތިމާއީ ކަންކަމުގައި ވަރަށް ބޮޑަށް ހޭދަކުރާ ކައުންސިލެއްކަމަށް އޭނާގެ ވާހަކާގައިވެސް ފާހަގަކުރެއްވި އެވެ.

އެގޮތުން ށ އަތޮޅު ކައުންސިލްގެ އަހަރީ ބަޖެޓްގައި ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް ދެ މިލިއަނާއި ތިން މިލިއަން ރުފިޔާގެ ދެމެދު ރަށްރަށަށް ހަރަދުކުރާކަމަށް އޭނާ ވިދާޅުވި އެވެ. އާރިފް ވިދާޅުވީ މިއަހަރުވެސް އަތޮޅުގެ ރަށްރަށުގެ ކޮމިއުނިޓީތަކަށް ބޮޑެތި ހަރަދުތަކެއް އަތޮޅު ކައުންސިލުގެ ބަޖެޓުންކޮށްފައިވާ ކަމަށެވެ.

މިއަހަރުވެސް ށ އަތޮޅުގެ ކައުންސިލްތަކުގައި އަތޮޅު ކައުންސިލުންގެ ބަޖެޓުން ޑިޖިޓަލް ނޯޓިސް ބޯޑު ހަރުކޮށްފައިވާނެ ކަމަށެވެ. އަދި އެމެޖެންސީ ޕަމްޕް ކައުންސިލްތަކަށް މިއަހަރު ތެރޭގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު އެ އަތޮޅުގެ ހުރިހާ ރަށެއްގެ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމަށް ބޭނުންވާ ލެޑް ލައިޓްތައް މިހާރު މާލޭއާ ހަމައަށް ގެނެވިފައިވާކަމަށް އާރިފް ވިދާޅުވި އެވެ.

މިއަހަރު ނިމުމުގެ ކުރިން އަތޮޅުގެ ހުރިހާ ރަށެއްގައިވެސް މަގުތައް ދިއްލުމަށް ބޭނުންވާ ލެޑް ލައިޓްތައް ފޯރުކޮށްދެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ މިފަދަ މަޝްރޫއުތައް ހިންގެނީ ރަށްރަށުގެ ކައުންސިލްތަކުން ދޭ އެއްބާރުލުމުގެ ސަބަބުން ކަމަށާއި އެހެންކަމުން އުންމީދުކުރަނީ ކުރިއަށް އޮންތަނުގައިވެސް މިފަދަ ކަންކަމުގައި ކައުންސިލްތަކުގެ އެއްބާރުލުން ލިބެމުންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355