twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެންމެ އުންމީދީ ނޫސްވެރިޔަކަށް ނާޒިމް ހަސަން

Dec 12, 2018

2017 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔަކަށް އަވަސް އޮންލައިންގެ ނާޒިމް ހަސަން ހޮވިއްޖެއެވެ.

ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު އަލިމަސް ޔޫބީލް ފާހަގަކުރުމަ ރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި އެކި އެކި ދާއިރާތަކުން 2017 ވަނަ އަހަރު އެންމެ މޮޅު ނޫސްވެރިންނަށް އެވޯޑް ދީފައިވެއެވެ

އެންމެ އުއްމީދީ ނޫސްވެރިޔަކަށް ހޮވިފައިވަނީ ހދ ކުޅުދުއްފުއްޓަށް އުފަން އަވަސް އޮންލައިންގެ ޒުވާން ނޫސްވެރިޔާ ނާޒިމް ހަސަންއެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ހޯދި ނާޒިމް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އޭނާގެ އުފަން ރަށަށް ނިސްބަތްވާ “ކުޅުދުއްފުށީ އޮންލައިން” ގައެވެ. އޭގެފަހުން “ވަގުތު” އާ ގުޅި ޝަރުއީ ދާއިރާއަށް ހާއްސަ ނޫސްވެރިއަކަށް އޭނާ ބަދަލުވިއެވެ.

ފަހުން “އަވަސް އޮންލައިން” އާ ގުޅި ކުރިއަށްދާއިރު އޭނާ އަކީ މިހާރު ރާއްޖޭގެ ޝަރުއީ ދާއިރާ ކަވަރު ކުރާ ނޫސްވެރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ހުނަރުވެރި ޒުވާން ނޫސްވެރިއެކެވެ.

ރައީސުލްޖުމްހޫރިއްޔާވެސް ބައިވެރިވެވަޑައިގެން ބާއްވަމުން ގެންދާ ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ތަފާތު ދާއިރާތަކުން އެވޯޑް ދެއްވިއެވެ.

ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައިވަނީ ހަވީރު އޮންލައިނާއި މިހާރު އޮންލައިން އަދި ރާއްޖެ ޓީވީގައި ކުރިން މަސައްކަތް ކުރި މުހައްމަދު ޝަރުހާންއެވެ. އެންމެ މޮޅު ވީޑިއޯ ޖަރނަލިސްޓްގެ އެވޯޑް ހާސިލް ކޮށްފައިވަނީ ޗެނަލް ތޭރައިގެ ވީޑިއޯ ޖަރނަލިސްޓް އައިމިނަތު ލަޔާލް މަނިކެވެ.

އިޖުތިމާއީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް “މިހާރު” ނޫހުގައި މަސައްކަތް ކުރައްވަމުން އަނަން ޒުވާން ނޫސްވެރިޔާ އަހްމަދު ސާއިލް އަލީއެވެ. ޝަރުއީ އަދި ގާނޫނީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައިވަނީ މިހާރު ނޫހުގެ މުއިއްޒު އިބްރާހީމްއެވެ.

ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރު ނޫހުގެ އަބްދުﷲ ޖަމީލް ހޮވިފައިވާއިރު ސިޔާސީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައިވަނީ އަވަސް އޮންލައިންގެ މޫސާ ރަޝީދެވެ.

ފީޗާ ލިޔުމުގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށްހޮވިފައިވަނީ މިހާރު ނޫހުގެ އައިމިނަތު ޝިފްލީނެވެ. ކުޅިވަރުގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް 2 ނޫސްވެރިޔަކަށް އަރުވާފައިވެއެވެ. އެއީ އަވަސް އޮންލައިންގެ ހުސައިން ހަބީބް އަދި މިހާރު ނޫހުގެ އައްޒާމް އަލިފުޅެވެ.

ނޫސްވެރިކަމުގެ އެވޯޑް ނައިޓްގައި ހާއްސަ ނަންބަރެއްގެ ގޮތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ ނޫސްވެރިކަމަށް އަގުނުކުރެވޭފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުﷲ ސޯދިގަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355