twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޕެންޝަން އޮފީހުން ކުޅުދުއްފުށީގެ އިސްރަށްވެހިންނާއެކު ކުރިއަށްގެންދިޔަ ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

Dec 13, 2018

ޕެންޝަން އޮފީހުން ހދ ކުޅުދުއްފުށީގެ އިސްރަށްވެހިންނާއެކު މިއަދު ކުރިއަށްގެންދިޔަ ޕްރޮގުރާމް ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގައި ކުޅުދުއްފުށީގައި އުޅޭ ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ ބައިވެރިކޮށްފަ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގައި ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކުގެ އިތުރުން އެއޮފީހުގެ ބައެއް އިސްވެރިންނާއި ކުޅުދުއްފުށީގައި ހުރި އިސްރަށްވެހިންނާ ގުޅުން ހުރި މުވައްސަސާތަކުގެ ވެރިން ބައިވެރިވި އެވެ.

ކުޅުދުއްފުށީގެ އިސްރަށްވެހިންނާއެކު އިއްޔެ ޕެންޝަން އޮފީހުން ކުރިއަށްގެންދިޔަ ޕްރޮގުރާމުގެ ތެރެއިން–

މިޕްރޮގްރާމަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީި މީހުންގެ ދުވަހާއި ގުޅުވައިގެން، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށާއި، އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދީ، މިނިވަންކަމާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް މަސައްކަތް ކުރުމަށް ހިތްވަރުދީ އެހީތެރިވުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިސްރަށްވެހީންނާ ބައްދަލުކޮށް، ޕެންޝަން އޮފީހުން އެފަރާތްތަކަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަމަށް މައްސައްކަތް ކުރުމުގެ މަޤްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ތެރޭގައި ރަށުގައި ދިރިއުޅޭ އިސްރަށްވެހިންނަށް އުފާވެރި މާހައުލެއްގައި ދުވަސްވީ ރަހްމަތްތެރިންނާއި ބައްދަލުވުމުގެ ފުރުސަތު ހޯދައިދީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަންމަތީ ދެމިތިބުމަށް ކުރެވެން ހުރި ކަންކަމާއި ، މުޖުތަމައުގައި ހަރަކާތްތެރިވެ އުޅުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދީފައިވެ އެވެ. އަދި މިކަންކަމާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތުވެސް ވަނީ ހޯދައި ދީފަ އެވެ.

މީގެ އިތުރުން ޕްރޮގްރާމް ކުރިޔަށް ވަގުތުގައި އެސަރަހައްދުގައި ޕެންޝަން އޮފީހުގެ ހާއްސަ ޑެސްކެއް ބަހައްޓައި ޕެންޝަން އޮފީހުން އިސްރަށްވެހިންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ.

ކުޅުދުއްފުށީގެ އިސްރަށްވެހިންނާއެކު އިއްޔެ ޕެންޝަން އޮފީހުން ކުރިއަށްގެންދިޔަ ޕްރޮގުރާމުގެ ތެރެއިން–

މިއީ ޕެންޝަން އޮފީހުން މިފަދަ ޕްރޮގުރާމެއް ކުރިއަށްގެންދިޔަ ދެވަނަ ފަހަރެވެ. ފުރަތަމަ މި ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވަނީ އައްޑޫ ސިޓީ ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355