twitterviber whatsapp telegramfacebookyoutube instagram
7th June 2025

ސީއެމްސީއޭގެ ވިންޓަރ ކޭމްޕަށް ޗައިނާއަށް ކުޅުދުއްފުށީގެ ސްކޫލުތަކުގެ 5 ދަރިވަރަކު ފުރަނީ

Dec 13, 2018

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ)ގެ ފަރާތުން 2018 ވަނަ އަހަރު  ޗައިނާއަށްދާ ވިންޓާރ ކޭމްޕްގައި ކުޅުދުއްފުށީގެ ސްކޫލުތަކުގެ ފަސް ދަރިވަރަކު ޗައިނާއަށް މާދަމާ ފުރާނެ އެވެ. ޗައިނާއަށް ފުރާ ޑެލިގޭޝަނާ، ޗައިނާ ސަފީރު ހިޒް އެކްސެލަންސީ މރ. ޖާންގް ލީޖޮންގް އިއްޔެ ވަނީ ބައްދަލުކުރައްވާފަ އެވެ.

ސީއެމްސީއޭގެ މިދަތުރުގައި ބައިވެރިވާ ކުޅުދުއްފުށީގެ ސްކޫލަކަށް ބަލާއިރު އަފީފުއްދީން ސްކޫލުން 2 ދަރިވަރުންނާއި ޖަލާލުއްދީން ސްކޫލުން ދެ ދަރިވަރުން އަދި ހދ އޭއީސީ ދަރިވަރަކު ހިމެނެ އެވެ. ސީއެމްސީއޭ އިން ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ހޮވާލެވޭ ދަރިވަރުންގެ ޔޫތް ޑެލިގޭޝަނެއް ޗައިނާއަށް ފޮނުވަމުން ދެއެވެ.

މިއަހަރު ޑެލިގޭޝަނުގައި ބައިވެރިން ހޮވާފައިވަނީ ކުޅުދުއްފުށި އަދި އައްޑޫސިޓީ އަދި ގދ ތިނަދޫ އިންނެވެ. މި ކުދިން ޗައިނާގައި 10 ދުވަސް ހޭދަކުރާއިރު ޗައިނާގެ ވެރިރަށް ބެއިޖިންގެ އިތުރުން، އިތުރު ސިޓީއަކަށް ޒިޔާރާތްކުރާނެ އެވެ. އަދި ގައުމުގެ ބައެއް ސްކޫލުތަކަށް އަދި ޓެކްނޮލޮޖީ ކިޔަވައިދެއްވާ އިންސްޓިއުޓްތަކަށް ޒިޔާރާތްކުރާނެކަމަށް ސީއެމްސީއޭ އިން މައުލޫމާތު ދެއްވަ އެވެ. މިދަތުރުގައި ޗައިނާގެ ބޮޑު ފާރަށްވެސް އެކުދިންގެ ޒިޔާރާތްކުރާނެ އެވެ.

މިއީ މިޕްރޮގުރާމްގައި ކުޅުދުއްފުށީގެ ސްކޫލުތަކުން ދަރިވަރުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355