twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ކުޅި ހިއްކި މައްސަލަ ބެލޭނީ މެޖިސްޓްރޭޓް ކޯޓަށް: ސިވިލް ކޯޓް

Dec 13, 2018

ކުޅުދުއްފުށީގައި އެއާޕޯޓް ހެދުމަށް އެރަށުގައި އޮންނަ ބޮޑު ކުޅީގެ ބައެއް ހިއްކަމުންދަނިކޮށް އެކަން ހުއްޓުވުމަށް އޭރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެކަމަށް މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުޅުދުއްފުށީ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ދޫކޮށްފައިވާ ސްޓޭޓްމަންޓެއްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުކޮށް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފައިވާތީ ކަމަށް އެ މައްސަލައިގައި ވަކާލާތުކުރާ އިކޯކެއާއިން ބުނެ އެވެ.

މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުއާ ގުޅޭ ގޮތުން އެންވާރަމެންޓް މިނިސްޓްރީން ދޫކޮށްފައިވާ އެންވާރަމެންޓަލް ޑިސިޝަން ސްޓޭޓްމެންޓަކީ ކުޅުދުއްފުށީ ބިމަކާ ގުޅޭ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހިމެނޭ ރިޕޯޓެއް ކަމަށާއި ބިމާ ގުޅޭ އެ ބާވަތުގެ މައްސަލަތައް ބެލުމުގެ އިހްތިސޯސް އޮންނަނީ އެ ބިމެއް އޮންނަ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. އެކަން ކޯޓުތަކުގެ ގާނޫނަށް ބެލުމުން ސާފުވާ ކަމަށް ހުކުމްގައިވެ އެވެ.

އެ މައްސަލަ ކޯޓުގައި އޮތްވާ އެ ބިން ހިއްކައި ރަންވޭ ވަނީ އަޅާފަ އެވެ. އަދި އެ އެއާޕޯޓް ރައީސް އަބްދުﷲ ޔާމީން ވަނީ ރިޔާސީ އިންތިހާބަށް އެއް ދުވަހަށްވެފައިވަނިކޮށް ހުޅުވައިވެސް ދެއްވާފަ އެވެ. ނަމަވެސް މިހާތަނަށް އެއާޕޯޓްގެ އޮޕަރޭޝަން ނުފެށެ އެވެ.

ސިވިލް ކޯޓުން މިއަދު އެގޮތަށް ހުކުމް ކޮށްފައިވާތީ އިކޯކެއާއިން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފަ އެވެ. މީގެ ކުރިން ކުޅުދުއްފުށީ ކޯޓަށް އަމިއްލަ މީހަކު މައްސަލަ ހުށަހެޅުމުން ދައުވާ ފޯމް ފުރިހަމަ ނުވާ ކަމަށް ބުނެ އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355