twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނޮޅިވަރަމް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހިރަފުސް ހޯދައިފި

Dec 13, 2018

ހދ ނޮޅިވަރަމްގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ، ހިރަފުސް ޓީމު ހޯދައިފި އެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ހިރަފުސް ޓީމްގެ ފަރުހަތު މުހައްމަދެވެ.

ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި 11 ޓީމެއް ބައިވެރިވެފައިވެ އެވެ. އެއީ ނޮޅިވަރަމްގެ 9 ޓީމެއްގެ އިތުރުން ހިރަފުހާއި ނޮޅިވަރަންފަރު ޓީމެކެވެ.

ނޮޅިވަރަމްގެ ކޮވެލި ދަނޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ނޮޅިވަރަމްގެ ޗަކްލީ ޓީމުގެ މައްޗަށް ހިރަފުސް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ހިރަފުހަށް ދެ ގޯލް ކާމިޔާބުކޮށްދިނީ އާސިފް ސަލީ، އާލިފް އިބުރާހިމެވެ.

ޗަކްލީ ޓީމަށް ޖަހައިދިން ހަމައެކަނި ގޯލް ޖަހާފައިވަނީ އަހުމަދު ރަޝީދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޗަކުލީގެ މުހައްމަދު ހަލީލެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު ލިބިފައިވަނީ ހިރަފުސްގެ މާހީ އަބުދުﷲ އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހިރަފުހުގެ ފަރުހަތު ހޮވުނުއިރު އެންމެ މޮޅު ފޯވާރޑްގެ މަގާމު ލިބިފައިވަނީވެސް އެޓީމުގެ ފަތުހުﷲ އާދަމަށެވެ. ކުލަބު ކުލަސްޓާރގެ އިބުރާހިމް މުހައްމަދަށް 21 އަހަރުގެ ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނުއިރު ފްރެންޑް ޔުނައިޑެޓް ހުސެއިން މުހައްމަދަށް އެންމެ މޮޅު ޑިފެންޑާރގެ މަގާމު ލިބުނެވެ އެވެ. އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަކަށް ހޮވުނީވެސ ފްރެންޑްސް ޔުނައިޓެޑްގެ ހަސަން ޝާމިލެވެ.

މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންވެސް ވަނީ ހޮވާފަ އެވެ. އެކުޅުންތެރިންނަކީ ނޮޅިވަރަމް އެމްއެމްއެސްގެ ސާލިމް މުހައްމަދު، ހިރަފުސް ޓީމްގެ ފަތުހުﷲ އާދަމް، މާހީ އަބުދުﷲ، ފަރުހަތު މުހައްމަދު، ނޮޅިވަރަމް، ކުލަބު ކުލަސްޓާރގެ މުހައްމަދު ޝިރުހާން، ނޮޅިވަރަމް ފުރެންޑްސް ޔުނައިޓެޑްގެ ހަސަން ޝާމިލް، ހުސެއިން މުހައްމަދު، ޗަކުލީގެ އަބުދުﷲ ރަޝީދު، ޝަފީއު އާދަމް، އަދި ހުސެއިން ރަޝީދެވެ.

ސުޒުކީގެ ކަޕްގެ އެންމެ މޮޅު 11 ކުޅުންތެރިން–

މިމުބާރާތުގެ ހާއްސަ މަގާމުތަކަށް ދިޔަ ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ނޮޅިވަރަމަށް ނިސްބަތް ގައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިޔެއްކަމަށްވާ އަމްދާން އަލީ، އެންޑީ އެވެ.

މިއީ މި މުބާރާތް ނޮޅިވަރަމްގައި ބޭއްވި ތިންވަނަ އަހަރެވެ. މިދިޔަ ދެ އަހަރު މި މުބާރާތް ބާއްވާފައިވަނީ ނޮޅިވަރަމްގެ ޓީމުތަކަށް އެކަނި ބައިވެރިވެވޭގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355