twitterviber whatsapp telegramfacebookyoutube instagram
8th May 2024

ކުޅުދުއްފުށީގައި އަލަށް ޕްރިމިއަމް ފިޓްނަސް ކުލަބެއް ހުޅުވަނީ

Dec 15, 2018

ކުޅުދުއްފުށީގައި ހުޅުވަން ތައްޔާރުވަމުން އަންނަ ސޯލް ފިޓް – ފިޓްނަސް ކުލަބުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.

ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި ހުޅުވާ މި ފިޓްނަސް ކުލަބު ހާއްސަކޮށްފައިވަނީ އަންހެނުންނާއި ކުޑަކުދިންނަށެވެ.

މި ކުލަބާ ބެހޭގޮތުން މައުލޫމާތު ދެއްމުން ސޯލް ފިޓް-ފިޓްނަސް ކުލަބުގެ ދެ ހިއްސާދާރުންކަމަށްވާ އިމްރާން މުހައްމަދާއި އަކްރަމް މުހައްމަދު ބުނީ ފިޓްނަސް ކުލަބުގައި ތިބޭނީ އިންޓަނޭޝަލް ސެޓްފިކެޓް ލިބިފައިވާ ތަޖުރިބާކާރު ރާއްޖޭއިން ބޭރުގެ އަންހެން އިންސްޓްރަކްޓަރުން ކަމަށެވެ.

އެފަރާތުން ހާމަކުރާގޮތުގައި ތިން ކުލާހެއް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު ހެނދުނު ހާއްސަ ކުލާހަކާއި ރޭގަނޑު ދެ ގަޑިއެއް ކުލާސްތައް ކުރިއަށްދާނެ ކަމަށެވެ. މި ކުލަބާ ބެހޭ މައުލޫމާތުތައް ސޯލް ފިޓް-ފިޓްނަސް މޯލްޑިވްސްގެ ވެބްސައިޓް ލިބެން ހުންނާނެ އެވެ.

ކަސްޓަމަރުން ބޭނުންވާ ވަގުތުތަކަށް ކުލާސްތަކުގެ ގަޑިތައް ބަދަލުކުރެވޭނެ ކަމަށާއި އެންމެ ފަހުގެ ފިޓްނަސް ވަސީލަތްތައް ބޭނުންކޮށްގެން އަބަދުވެސް ނިއު ޓްރެންޑްސް ފިޓްނަސް ކުރިއަށްގެންދާނެ ކަމަށެވެ.

ހަފުތާގެ ފަސްދުވަހު ކުލާސްތައް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވާއިރު ހެނދުނު އިންނަ ” ފީލްގުޑް މޯރނިންރ މޫވްސް ” ކުލާހުގެ ކުރިއަށްދާނީ ޔޯގާ ފަދަ ލުއި ކަސްރަތުތަކެވެ. އެކަމަކު ރޭގަނޑުގެ ކުލާސްތައް “ޝޭޕް އެންޑް ޓޯންސް” ގައި ކުރިއަށްދާނީ ހާޑް ކުލާސްތަކެއް ކަމަށެވެ.

އަންނަ ޖެނުއަރީމަހު މެދެއްހާ ހިސާބުގައި ހުޅުވަން ނިންމާފައިވާ މި ފިޓްނަސް ކުލަބު ހުންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ފުރަގަހުގަ އެވެ. މި ފިޓްނަސް ކުލަބާ ބެހޭ އިތުރު މައުލޫމާތު އަދި ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކުން 7999323 އަށް ގުޅުމުން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355