twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ބަނދަރު ބޮޑުކޮށް އެސަރަހައްދު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Dec 14, 2018

ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގެ މޫނުމަތި ތަރައްގީކޮށް އެ ސަރަހައްދުގެ ބަނދަރު ބޮޑުކުރުމުގެ މަސްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށީގެ ފަޅު ހިއްކާފައިވަނީ 2010 ވަނަ އަހަރު އެވެ. އަދި އޭރުވަނީ އެ ސަރަހައްދު ތަރައްގީކުރާނެ ގޮތުގެ ޕްލޭނެއްވެސް ހަދައި އާންމުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެމަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ނުފެށިފަ އެވެ.

އޭޑީބީގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ މި ބަނދަރަކީ 1100 ފޫޓް ދިގު 500 ފޫޓް ފުޅާ ބަނދަރެކެވެ. މި މަޝްރޫއުއަކީ 126.9 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެމްޓީސީސީއިން މައުލޫމާތުދެ އެވެ.

މި މަޝްރޫއުގައި މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކެނޑުން ހިމެނޭއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުންވެސް ހިމެނެއެވެ. އަދި ބަނދަރު ބޭރު ތޮށީގައި އޮޑި ދޯނި ފަހަރު އެޅޭއިރު ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއް ލެވިފައި ހުންނާނެ އެވެ.

ފެރީ ޓާމިނަލް އިމާރާތަކާއި ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިން ފިހާރައެއްގެ އިތުރުން  ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެ އެވެ.

ކުޅުދުއްފުށީގައި އަލަށް ހަދައި ބަނދަރުގެ އަމަލީ މަސައްކަތް މެއިމަހު ފަށާނެ: މުއިއްޒު

އެމްޓީސީސީން ބުނީ ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރުތައް ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ތަރައްޤީކޮށް، މަސް މާރުކޭޓެއް ހެދުމާއި މަސްކަނޑާތަނެއް ހެދުމާއި މަސްވެރިނަށް ފާހާނާއާއި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުންވެސް ހިމެނެ އެވެ.

ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރަނީ–

މި މަޝްރޫއު އެންމެ ފުރަތަމަ އިއުލާންކުރިއިރު ކުޅުދުއްފުށީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށާއި ބަނދަރުގެ އިދާރީ ކަންކަމާއި އަދި ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް އޭޑީބީ އިން 500،000 ޑޮލަރުގެ އަގުހުރި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް އޭރު ހިމަނާފައިވެ އެވެ.

ކުޅުދުއްފުށީ ބަނދަރު ޒަމާނީ ފެންވަރަކަށް ހެދުމަށް އޭޑީބީ އިން 9.6 މިލިއަން ޑޮލަރުގެ އެހީ ދެނީ

މިދިޔަ ސަރުކާރުތަކުންވެސް މި މަޝްރޫއު ފަށާނެ އެކި ތާރީހުތައް ދީފައިވީނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއްނުވެ އެވެ. އެކަމުން އެސަރަހައްދުގެ ބޮޑުބައެއް ވަނީ ގިރާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355