twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގެ ފުރަތަމަ ކައުންސިލަރު އާދަމް ވަހީދު މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމައިފި

Dec 14, 2018

ކުޅުދުއްފުށީގެ ފުރަތަމަ ކައުންސިލަރުން އަދި އެމްޑީޕީގެ ހަރަކާތްތައް ހދ އަތޮޅަށް ތައާރަފުކުރެއްވުމުގައި އިސްކޮށް އުޅުއްވި އާދަމް ވަހީދު އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމައިފި އެވެ. އޭނާ ކުރިމަތިލައްވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށެވެ.

ކުޅުދުއްފުއްޓަށް އެމްޑީޕީ ތައާރަފުކުރެއްވުމުގައި އިސްކޮށް އުޅުއްވި އާދަމް ވަހީދު ވިދާޅުވީ އޭނާ މަޖިލީހަށް ކުރިމަތިލީ ސަރުކާރާއި ގުޅިގެން ކުޅުދުއްފުށި ތަރައްގީގެ އާ ހަރުފަތަކަށް ގެންދިއުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެކި ސަބަބުތަކާ ހެދި މިދިޔަ އަހަރުތަކުގައި ރަށުގެ ތަރައްގީ ވަރަށް ބޮޑަށް ފަހަތަށް ގޮސްފައިވާ ކަމަށެވެ.

މިދިޔަ ދައުރުގައިވެސް މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިވެލެއްވި އާދަމް ވަހީދަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އަސާސީ ހައްގުތައް ގާއިމުކޮށްދެއްވުމަށް ގޮވާލައި ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ލީޑްކުރެއްވި ފަރާތެކެވެ.

ކުޅުދުއްފުށީގައި އުފެދުނު އެމްޑީޕީގެ ފުރަތަމަ ގޮފި އުފެއްދުމާއި އެގޮފީގެ ރައީސްކަންވެސް ކުރައްވާފައިވާ އާދަމް ވަހީދު ފާހަގަކުރެއްވިގެން ގޮސްފައިވަނީ މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި އެވެ. އަދި ކުޅުދުއްފުއްޓަށް ނިސްބަތްވާ ފަރާތްތަކުން މަޖިލީހަށް ކެމްޕެއިން އިންތިހާބުކުރެއްވުމަށް މިދިޔަ މަޖިލިސް ދައުރުގައިވެސް އާދަމް ވަހީދު ވަކާލާތުކުރައްވާފަ އެވެ.

އާދަމް ވަހީދުގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަން އިއުލާންކޮށްފައިވަނީ ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355