twitterviber whatsapp telegramfacebookyoutube instagram
16th April 2024

ޕްލޭނެއް ނެތި ހެދި މަގުތަކުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް !

Dec 15, 2018

އަޑިގުނޑަންތައް ބޮޑެތި ކުޅުދުއްފުށީ މުހިންމު ބައެއް މަގުތަކުގައި ތާރު އެޅި ހެދިގެން ދިއުމަކީ މަގު ބޭނުންކުރާ އެއްޗަށް ހާއްސަ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ. ނަމަވެސް ޕްލޭނެއް ނެތި މަގުތަކުގައި ތާރުއެޅިގެން ދިއުމުގެ އޭގެ ހުރިހާ ދަތިތަކެއްވެސް ރައްޔިތުންނަށް މިއަދު މިވަނީ އުފުލަން ޖެހިފަ އެވެ. ނަރުދަމާގެ ބައެއް ޖަގްޝަންތަކުގެ މަތިތަކުގެ މަތިން ތާރުއަޅާ އިންތިހާބަށް އަވަސް އަރުވާލާފައި ނިންމާލިއިރު އެކަމުގެ އޭގެ ނިކުމެދާނެ ދަތިތަކެއް އޭރުވެސް ކޮންމެވެސް ވަރަކަށް ތިލަވި އެވެ.

ގެއެއްގެ ކޭބަލެއްގައި މައްސަލަ ޖެހި މަގުތަކުން ތާރު ކަނޑާނެ އަދި ބަނޑާރަ ގޯއްޗެއް ބަހާ އެގެއަކަށް ނަރުދަމާ ނުވަތަ ކަރަންޓް ވިޔަސް އަދި ފެންހޮޅި ލެވޭނެ ގޮތެއް ނެތެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެ ހާލަތެއްގައި ތާރު ކަނޑައި އެ މަސައްކަތް ނިމުމުން އަލުން ތާރު އެޅޭނެ ގޮތެއް، އެ ވަސީލަތެއްވެސް ގާއިމުކޮށްފައެއް ނުވެ އެވެ. އެފަދަ މައްސަލަތަކެއް މިވަނީ މިހާރުވެސް ކުރިމަތިވެފަ އެވެ.

ގޭބިސީއެއްގެ ނަރުދަމާގެ މައްސަލަ ޖެހި އެކަން ހައްލުނުވެ އުޅޭތާ މިހާރު ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ ގޭގެ މީހުން ފާޙާނާކުރުމަށް ބޭނުންކުރަން ޖެހިފައިވަނީ އަވަށްޓެރި ގޭތަކުގެ ފާޙާނާތަކެވެ. ތާރު ނުކެނޑިގެން އެ މައްސަލަ އަދިވެސް ހައްލެއް ނުލިބެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ އެމައްސަލާގައި އެމްޑަބުލިއުއެސްސީ އާއި ހައުސިންގ މިނިސްޓްރީގެ ދަށުގައި އިންނަ ޕަބުލިކް ވޯކްސްގެ ބޭފުޅުން ކައުންސިލާ ބައްދަކުރިކަމާއި މަގުތަކަކީ ކައުންސިލާ ހަވާލުކޮށްފައިނުވާ މަގުތަކެއްކަމުން ތާރު ކެނޑުމުގެ ހުއްދައަކަށް ހައުންސިންގ މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެފަރާތުގެ ޖަވާބު ނުލިބި ލަސްވަމުންދާތީ، ތާރު ކެނޑުމުގެ ހުއްދަ ކުޅުދުއްފުށީ ޕަބުލިކް ވޯކްސްއަށް ކައުންސިލުން މިމަހު 13 ވަނަ ދުވަހު ދީފައިވާނެ ކަމަށެވެ. އަލީ ހާޝިމް ވިދާޅުވީ ޕަބުލިކް ވޯކްޝްއަށް ހުއްދަ ދީފައިވާނީ މައްސަލަ ޖެހުނު ގޭބިސީއަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް ކަނޑަން ޖެހޭ ތާރު ކެނޑުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ތާރު ކަނޑަށް ހުއްދަދިންތާ މިއަދަށް އެއް ހަފްތާވެފައިވާއިރުވެސް އެކަން ހައްލުކުރެވިފައިނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިއަދު ޕަބުލިކް ވޯކްސްގެ ކުޅުދުއްފުށީ ބުރާންޗުގެ ވެރިންނަށް ގުޅައި ފޯނަށް ޖަވާބުވެސް ނުދެއްވާކަމަށެވެ. މިކަމުގެ ބަހެއް ހޯދުމަށް ހައުންސިންގ މިނިސްޓްރީން އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އަލީ ހާޝިމް ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން ތާރު އަޅައިގެން ހަދާފައިހުރި މަގުތަކުގައި ހުރި ނަރުދަމާ ޖަންގްޝަންތަކުގެ މަތިގަނޑު މަތިން ތާރު ކެނޑުމުގެ ހުއްދައަކަށްވެސް ހައުންސިންގ ގައި އެދިފައިވާނެ ކަމަށެވެ. އަދި މަގުތައް ހަދާފައިހުންނަ ރަށްރަށުގައި އެފަދަ މަސައްކަތްތައް ކުރެވޭނެ ވަސީލަތްތައްވެސް ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް އޭނަ ވިދާޅުވި އެވެ.

ބައެއް މަގުތަކުގައި ހެދިއިރު ގަސް އިންދުމަށް ވަކި ގޮޅިއެއް ކަނޑާފައިނުވުމުގެ ސަބަބުން މަގުތައް ވަނީ އާދަޔާ ހިލާފަށް ހޫނު ގަދަވެފަ އެވެ. އަދި ބައެއް މަގުތަކުގައި ގަސް އިންދުމަށް ކަނޑާފައިވާ ގޮޅިތަކުގެ ދަށުގައި ހުރި ކޭބަލްތައްވެސް ނަގާފައިނުވާތީ އެތަންތަނުގައި ބޮޑެތި ހިޔާދޭ ގަސް އިންދޭނެ ގޮތެއްވެސް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355