twitterviber whatsapp telegramfacebookyoutube instagram
3rd June 2026

މަޖިލިސް އިންތިހާބު އެޕްރީލް 6 ވަނަ ދުވަހު ބާއްވަން ނިންމައިފި

Dec 16, 2018

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 6 އޭޕްރީލް ގައި ބޭއްވުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިހާބު އަންނަ އަހަރުގެ އޭޕްރީލްމަހު ބާއްވަން ނިންމާފައިވާއިރު އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާނެ ތާރީހެއް އަދި ފައިނަލް ކުރެވިފައި ނުވާކަމަށެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މެދުގައި ކުރެވުނު މަސްވަރާތަކަށްފަހު ވަގުތީ ތާރީހެއްގެ ގޮތުގައި އަންނަ ޖެނުއަރީމަހުގެ 28 ވަނަ ދުވަސް ކަނޑައަޅާފައިވާކަމަށްވެސް ސަރީފު ހާމަކުރިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅުމާގުޅެ ކަންކަން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އިންތިހާބު ބާއްވަން ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާއެކު ކުރެވުނު މަސްވަރާތަކުގައި އިންތިހާބު ބާއްވަން ބޭނުންވާ ފައިސަ ހަމަޖެހޭނެކަމުގެ ޔަގީންކަން ފިނޭސް މިނިސްޓްރީން ދީފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355