އިސްލާމީ މަރުކަޒުގެ އިމާމްގެ މަގާމަށާއި ހެލްތް މިނިސްޓްރީގެ ނައިބު މަގާމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީގެ ނައިބުގެ ފެންވަރުގައި އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް ހަމަޖެއްސެއްވީ ކުޅުދުއްފުށި ސަބުނަމީގެ ޝައިހް އިބްރާހީމް ރަޝީދު ހަސަނެވެ.
އަދި މިނިސްޓާ އޮފް ހެލްތުގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސ. ފޭދޫ ޕިންކްހައުސް ޝިޔާމާ މުހައްމަދެވެ.