twitterviber whatsapp telegramfacebookyoutube instagram
9th May 2024

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެ ކައުންސިލަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި

Apr 18, 2011

އިބްރާހީމް ހަމީދު

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޚަލީލުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެ ކައުންސިލަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ވަހީދު ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވި މެމްބަރު އެ މައްސަލަ އަނބުރާ ގެންދަވާފައިވާ ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް ކައުންސިލް އިދާރާގެ މީޑިޔާ އޮފިޝަލް އަށް ގުޅުމަށެވެ.

ހދ އަތޮޅު ކައުންސިލް އިދާރާގެ މީޑިޔާ އޮފިޝަލް ޢަލީ މުޙައްމަދަށް ކުޅުދުއްފުށީ އޮންލައިން އިން ގުޅުމުން ވިދާޅުވީ ތިކަމާބެހޭގޮތުން އެއްވެސް ކޮމެންޓެއް ކުރެވެންނެތް ކަމަށެވެ.

ހދ އަތޮޅު ކައުންސިލުގެ މެމްބަރަކު ވިދާޅުވީ ކައުންސިލުގެ ނައިބު ރައީސް ޚަލީލުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުނީ އޭނާއަކީ އެމްޑީޕީގެ މެމްބަރަކަށް ނުވާތީ، އޭނާ އެ މަގާމުގައި ބެހެއްޓުމާ މެދު ކައުންސިލުގައި ތިބި އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެގެން ކަމަށެވެ.

ނަމަވެސް އެ މައްސަލަ ކައުންސިލަށް ހުށަހެޅުއްވި، ކުޅުދުއްފުށީ އުތުރު ދާއިރާ އިން އިންތިހާބުވި މުހައްމަދު ޝުކޫރު ވިދާޅުވީ އެ ކަމާ ބެހޭ ގޮތުން އެއްވެސް މީޑިޔާކަށް މައުލޫމާތު ދެއްވަން ބޭނުންފުޅުނުވާ ކަމަށެވެ.

ޚަލީލުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިދިނުމަށް ކައުންސިލަށް ހުށަހެޅުމާ ގުޅިގެން، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގެ އެޖެންޑާގައި އެ މައްސަލަ އޮތީ ހިމަނައިފަ އެވެ. ނަމަވެސް އެދުވަހުގެ ޖަލްސާ ނިމުނުއިރުވެސް އެ އެޖެންޑާ އައިޓަމާއި ހަމައަށް ނުދެވުމުގެ ސަބަބުން ޖެހިގެން އޮތް ބައްދަލުވުމަށް އަލުން ވަނީ އެމައްސަލަ އެޖެންޑާ ކޮށްފައެވެ.

ހދ. އަތޮޅު ކައުންސިލްގައި ހިމެނޭ 03 ކައުންސިލަރުން ފިޔަވާ ދެންތިބި 07 ކައުންސިލަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ. ޑީއާރްޕީ ދެ މެމްބަރުން ކައުންސިލުގައި ތިއްބަވާއިރު އިތުބާރުނެތްކަމުގެ މައްސަލައެއް ކުރިން ހުށަހެޅިފައިވާ ނައިބު ރައީސް އަހްމަދު ޚަލީލަކީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓެކެވެ.

ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމަށް އަހްމަދު ޚަލީލު ހޮވިފައިވަނީ ކައުންސިލުގެ ފުރިހަމަ ތާއީދާއެކުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355