twitterviber whatsapp telegramfacebookyoutube instagram
19th March 2024

ހާލުގައި ޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އެހީވުމަށް މާދަމާ ކުޅުދުއްފުށީގައި ފަންޑުފޮށިތަކެއް ހުޅުވަނީ

Dec 17, 2018

ހަނގުރާމާގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އެހީވުމަށް މާދަމާ ކުޅުދުއްފުށީގައި ފަންޑުފޮށިތަކެއް އިފްތިތާހްކުރުމަށް ހަމަޖެހިއްޖެ އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އާއި އައިލެންޑް ފްރީޒް ފިހާރަ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްްގެންދާ މި ފަންޑް ހޯދުމުގެ ހަރަކާތްތާ ބެހޭގޮތުން ވާހަކަދައްކަވަމުން ހުސެއިން އަލީ (ކޭޑީ) ބުނީ މިއީ ޔަމަން ހެލްޕް ފްރޮގުރާމުގެ ދަށުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ފުރަތަމަ ފަންޑް ރައިޒިންގ ގެ ހަރަކާތް ކަމަށެވެ.

އާންމުނަން ހުޅުވާލައިގެން މި ފަންޑުފޮށިތައް ހުޅުވާލުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 9 ޖަހާއިރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީއާރުސީ ހޯލުގައި އެވެ.

ހުސެއިން ބުނީ ފަންޑުފޮށިތައް އިފްތިތާހްކުރުމަށް ފަހު ފޮށިތައް ބަހައްޓާނީ ފިހާރަތަކުގައި ކަމަށެވެ. މި ރަސްމިއްޔާތުގައި ދިހަ ފަންޑުފޮއްޓެއް އިފްތިތާހްކުރާނެ އެވެ. އަންނަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހާއަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދޭކަމެއްކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ފޮށިތައް ކަނޑައި ރުފިޔާ ގުނުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނީ އާންމުންނަށް ހުޅުވާލާއިގެން ވީހާވެސް ދެ ފުށް ފެންނާނެހެން ކަމަށް އޭނާ ބުންޏެވެ. ހުސެއިން ބުނީ މިހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ސީދާ ޖަމާކުރާނީ އިންޓަނޭޝަން އެއިޑް ކެމްޕެއިންގެ އެކައުންޓަށް ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355