twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޔަމަންގެ ރައްޔިތުންނަށް އެހީވުމަށް ކުޅުދުއްފުށީގައި ފަންޑުފޮށިތަކެއް ބަހައްޓައިފި

Dec 18, 2018

ހަނގުރާމާގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުޅުދުއްފުށީގައި ފަންޑުފޮށިތަކެއް އިފްތިތާހްކޮށްފި އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އާއި އައިލެންޑް ފްރީޒް ފިހާރަ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްްގެންދާ މި ފަންޑް ހޯދުމުގެ ހަރަކާތް އިފްތިތާހްކޮށްފައިވަނީ މިއަދު ހެނދުނު މިކަމަށްޓާ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީއާރުސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

10 ފަންޑު ފޮއްޓެއް ހުޅުވިއިރު މިފޮށިތައް ކުޅުދުއްފުށީގެ އެކި ފިހާރަތަކުގައި އަންނަމަހު 20 ވަނަދުވަހާ ހަމައަށް ހުންނާނެ އެވެ. ފޮށިތައް ކަނޑައި ރުފިޔާ ގުނުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނީ އާންމުންނަށް ހުޅުވާލާއިގެން ވީހާވެސް ދެ ފުށް ފެންނާނެހެން ކަމަށް މިކަމުގައި އިސްކޮށް އުޅޭ ހުސެއިން އަލީ (ކޭޑީ) ވަނީ ހާމަކޮށްފަ އެވެ. ހުސެއިން ބުނީ މިހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ސީދާ ޖަމާކުރާނީ އިންޓަނޭޝަން އެއިޑް ކެމްޕެއިންގެ އެކައުންޓަށް ކަމަށެވެ.

އޭނާ ބުނީ ޔަމަންގެ ރައްޔިތުންނަށް ފަންޑު ހޯދުމުގެ މިއީ ފުރަތަމަ ހަރަކާތްކަމަށާއި ކުރިއަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ. އަދި ވޮލެންޓިއަރުކޮށް އެކަމުގައި މަސައްކަތް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. ޔަމަން ހެލްޕްގެ މިހަރަކާތުގައި ފައިސާ ހޯދުމަށް ގޭބިސީތަކަށް އެފަރާތްތަކުން ނުދާނެ ކަމަށާއި އެހެންވުމުން އެކަމަށް ރައްޔިތުން ސަމާލުވުމަށް ހުސެއިން ވަނީ އެދިފަ އެވެ.

ކުޅުދުއްފުށީގައި ފަންޑުފޮށި ބެހެއްޓިފައިވާ ފިހާރަތަކަކީ ރިއަލް ޕޮއިންޓް، ފުރޮންޓް ލައިން، ފިފްތް-ޖީ، ފެހިދޫލަ-1، ފެހިދޫލަ، އެޑްމޭން، ނިއު އެޑްމޭން، އައިމާޓް، ފެޝަންވޭ އަދި ވޭޖަސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355