ދިޔާސީ އަހަރުގެ ކިޔެވުމާއެކު 25 ސްކޫލެއްގައި ނާސްތާ ދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ސްކޫލު ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ޕައިލެޓް ޕްރޮގުރާމެއްގެ ގޮތުގައި ފަށަން ނިންމާފައިވާ މި ޕްރޮގުރާމުގެ ދަށުން އަންނަ އަހަރު ނާސްތާ ދިނުމަށް ހަމަޖެހިފައިވަނީ 25 ސްކޫލެއްގައި ކަމަށެވެ.
ޕައިލެޓް ޕްރޮގްރާމް ހިންގާ 25 ސްކޫލުގެ ހެނދުނު ދަންފަޅީގައި ކިޔަވާ ހުރިހާ ކުދީންނަށް ހެނދުނުގެ ނާސްތާ ލިބިގެންދާނެ ކަމަށާއި 14720 ދަރިވަރުން ކަމަށެވެ. އޭގެ ތެރޭގައި ގުރޭޑް އެކަކުން ފެށިގެން 12 ގެ ހުރިހާ ދަރިވަރުން ހިމެނޭނެކަމަށް މިނިސްޓްރީ ހާމަކުރެ އެވެ.
މިނިސްޓްރީން ހާމަކުރާގޮތުގައި އެ ޕައިލެޓް ޕްރޮގްރާމް ފަށާނީ މާލޭ ސަރަހައްދުގެ ފަސް ސްކޫލަކާއި އަތޮޅު ތެރޭގެ 20 ސްކޫލެއްގައި ކަމަށެވެ. ބަޖެޓްތަން ދިން ވަރަކުން އިތުރު ސްކޫލުތަކުގައިވެސް ނާސްތާ ދިނުމުގެ ޕްރޮގުރާމް ފެށިގެންދާނެކަމަށާއި އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެ ޕްރޮގުރާމް ފެށިގެން ދިޔުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.