މޫދަ އެރިއުޅުނު ހދ ނޮޅިވަރަންފަރު ކުޑަ ފިރިހެން ކުއްޖެއް މަރުވެއްޖެ އެވެ. މިހާދިސާގައި މަރުވެފައިވަނީ އަހުމަދު ޝިފާން ނަމަކަށް ކިޔާ ކުއްޖެކެވެ. އޭނާގެ ހަށިގަނޑު މިވަގުތު އޮތީ ހއ ދިއްދޫ ހޮސްޕިޓަލުގަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިކުއްޖާ މޫދަށް ގޮސްފައިވަނީ އާއިލާ ބަޔަކާއެކު ހއ ދިއްދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށެވެ. މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް ބުނީ ޝިފާން ފެނުނީވެސް ގެނބިގެން މަރުވެފައި އޮތްވާ ކަމަށެވެ.
ދިއްދޫ ހޮސްޕިޓަލްގެ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ހާޝިމް ވިދާޅުވީ އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ ކަމަށެވެ. ޝިފާން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 11:30 ހާއިރު އެވެ.