twitterviber whatsapp telegramfacebookyoutube instagram
12th December 2025

ނޭކުރެންދޫ އެކްސިޑެންޓް ގައި އަނިޔާވި ހަސަން އިތުރު ފަރުވާއަށް ބޭރަށް ގެންދަނީ

Apr 18, 2011

ޢަލީ އާދަމް

މިމަހު 14 ވަނަ ދުވަހު ހދ. ނޭކުރެންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވެފައިވާ އެ ރަށު ބިލަމަގުމާގެ، ހަސަން އަބްދުލް ލަތީފުގެ ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އިތުރު ފަރުވާދިނުމަށްޓަކާ ރާއްގެއިން ބޭރަށް ގެންދިމަށް ޑޮކްޓަރުން އިރުޝާދު ދެއްވައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިމުމަށް ފަހު އިމެޖެންސީގައި،  ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް އައި ޖީ އެމް ހޮސްޕިޓަލުން ފަރުވާ ދޭން ފެށިފަހުން އޭނާގެ ހާލު ކޮންމެވެސް ވަރަކަށް ރަގަނޅު ވަމުން އަންނަކަމަށް އާއިލާގެ ފަރާތުން ހާމަކުރިނަމަވެސް، ޑޮކްޓަރުން އިރުޝާދު ދެއްވަނީ ބޮލުގެ ޓެސްޓްތަކެއް ހެދުމަށް ބޭރަށް ދިއުމަށެވެ.

“މިކޮޅުން ނުހެދޭ، ބޮލުގެ ޓެސްޓްތަކެއް ހެދުމަށް ޑޮކްޓަރުން ބުނަނީ” އާއިލާގެ ފަރާތުން މައުލޫމާތު ދެއްވަމުން ހަސަންގެ ބޭބެ ބުންޏެވެ.

އެކްސިޑެންޓްގެ ސަބަބުން އޭނާގެ ކަނާތު ލޮލާ ދިމާއިން ބޮލުގެ ނާށިގަނޑުގައި ރެނދުލުމުގެ އިތުރުން ކަނދުރާގެ ބަދައެއް ފިތި ބައެއް ނާރުތައް އެބުރިފައި ވީނަމަވެސް އޭނާއަށް ވާހަކަދައްކާ ހެދޭކަމަށް މައުލޫމާތު ލިބެއެވެ.

ނޭކުރެންދޫ ސްކޫލްގައި ޓީޗަރެއްގެ ގޮތުގައި ދާދިފަހު މަސައްކަތް ކުރަންފެށި ހަސަނަކީ ލޮލުގެ ފެނުމުގައި މައްސަލައެއް ހުންނަ ޒުވާނެކެވެ. މީނާ ދުއްވަމުންދިޔަ ސައިކަލު، ޕިކަޕެއްގައި ޖެހި ހިނގި މި އެކްސިޑެންޓް ފުލުހުން މިހާރުދަނީ ތަހުޤީޤް ކުރައްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355