twitterviber whatsapp telegramfacebookyoutube instagram
24th April 2024

ތަކަންދޫ، ނޭކުރެންދޫ، މިލަންދޫ, ބޮޑުތިލަދުންމަތީގައި ނާސްތާ ދޭން ފަށާ ސްކޫލްތައް

Dec 20, 2018

އަންނަ އަހަރުގެ ދިރާސީ އައު އަހަރާއި އެކު 25 ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު އަތޮޅު ތެރޭގައި ފުރަތަމަ ނާސްތާ ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅަކުން ސްކޫލަކަށެވެ.

އެގޮތުން ހއ އަތޮޅުން ނާސްތާ ދިނުމަށް ހަމަޖެހިފައިވާ ސްކޫލަކީ ހއ ތަކަންދޫގައި ހުންނަ ޝަހީދު އަލީ ތަކުރުފާން ސްކޫލެވެ. ހދ އަތޮޅުން، ނޭކުރެންދޫ ސްކޫލް އަދި ށ އަތޮޅުން މިލަންދޫ ސްކޫލްގަ އެެވެ.

އާބާދީއަށް ބެލުމަށްފަހު މާލެ ސަރަހައްދުން ފަސް ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލުގައި ނާސްތާ ދޭން ފެށުމަށް ހަމަޖައްސާފައިވާއިރު ޔުނިސެފްގެ އެހީއާއެކު ނާސްތާގެ ގޮތުގައި ދޭނެ 10 މެނޫއެއް ތައްޔާރުކޮށްފައި ވެއެވެ.

މެނޫގައި ހިމެނޭ ތަކެތި

މެނޫ 1: ރޮށި، ބިސްގަނޑު، ކިރު

މެނޫ 2: ރޮށި، ފަތު މަސްހުނި، ކިރު

.މެނޫ 3: ރޮށި، ތަރުކާރީ މަސްހުނި، ކިރު

މެނޫ 4: ރޮށި، ބަރަބޯ މަސްހުނި، ކިރު

މެނޫ 5: ރޮށި، ބަށި މަސްހުނި، ކިރު

މެނޫ 6: ބޭކަޑް ބީންސް، ރޯލް، ކިރު

މެނޫ 7: ބިސް، ސޭންޑްވިޗް، ކިރު

މެނޫ 8: ޓޫނާ، ސޭންޑްވިޗް، ފެން، ކިރު

މެނޫ 9: ޗީޒް ސޭންޑްވިޗް، ކިރު

މެނޫ 10: ޕާން، ޕީނަޓް ބަޓާ، ކިރު

ނާސްތާގައި 10 މެނޫއެއް ހިމެނިފައި ވިއަސް ކޮންމެ ދުވަހަކު އޮންނާނީ ތިން މެނޫއެއް އެކެވެ. އޭގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ އެއްޗެއް ކެއުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީ މައުލޫމާތު ދެއެވެ.

ނާސްތާ ދޭން ފަށާ 25 ސްކޫލުގެ ޖުމުލަ އާބާދީ އަކީ 14،720 އެވެ. އޭގެ ތެރެއިން ވެސް ނާސްތާ ދޭން ހަމަޖައްސާފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355