twitterviber whatsapp telegramfacebookyoutube instagram
16th August 2026

ހދ އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ނައިބް ރައީސް ފުރާވަޑައިގެންފި

Dec 20, 2018

ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ހދ އަތޮޅުގެ 3 ރަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ހދ އަތޮޅުގެ ކުޅުދުއްފުއްޓަށާއި، ނޮޅިވަރަމަށް އަދި ހަނިމާދޫއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ.

އެގޮތުން މި ތިން ރަށުގެ އެކި މުޢައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތާނގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބައްލަވައިލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިތުމަށް ހަމަޖެހިފައިވަނީ މިއަދު 16:20 ގަ އެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355