ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ އޮޕަރޭޝަން ތިއޭޓަރު ރަސްމީކޮށް، ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ހުޅުވައިދެއްވައިފި އެވެ.
ޒަމާނީ ފެންވަރަކަށް ގާއިމުކޮށްފައިވާ މި ތިއޭޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބުދުﷲ އަމީން އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިރަސްމިއްޔާތަށް ފަހު ނައިބު ރައީސް ފައިސަލް ވަނީ ހޮސްޕިޓަލުގެ ހާލަތު ބައްލަވާލައްވާފަ އެވެ. އަދި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރާތްކޮށް އެމީހުންގެ ހާލުވެސް ބައްލަވާލައްވާފައިވެ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވަނީ ކުޅުދުއްފުށީގައި ހުންނަ ޗިއުރެން ސާވިސް ސެންޓަރަށްވެސް ޒިޔާރާތްކޮށް އެތަނުގެ ހާލަތުވެސް ބައްލަވާލައްވާފަ އެވެ. އަދި އެތަނުގައި ތިބޭ ބައެއް ކުދިންގެ ގާތަށް ޒިޔާރާތްކޮށްފައިވެސްވެ އެވެ.