twitterviber whatsapp telegramfacebookyoutube instagram
16th August 2026

ނައިބު ރައީސް ނޮޅިވަރަމަށް ޒިޔާރާތްކޮށް އެރަށުގެ ހާލަތު ބައްލަވާލައްވައިފި

Dec 21, 2018

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހދ އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަމަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފި އެވެ. މިދަތުރުފުޅުގައި ހެލްތް މިނިސްޓަރު އަބުދުﷲ އަމީން އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނޮޅިވަރަމަށް ފައިބާވަޑައިގެންނެވުމާއެކު އެރަށުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ކައުންސިލުންނާއި ރައްޔިތުންނެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި ނޮޅިވަރަމް ކައުންސިލްގެ އިދާރާއަށާއި، ނޮޅިވަރަމް ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ މުވައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި، އެތަންތަނުގެ ހާލަތު ވަނީ ބައްލަވައިލައްވާފަ އެވެ. އަދި އެތަންތަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

ނައިބު ރައީސް ނޮޅިވަރަމަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ–

ހދ އަތޮޅަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި މިއަދު މެންދުރުފަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ ހަނިމާދޫއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355